ދެކުނުގެ ދެސިޓީ ފިޔަވައި މުޅިރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލޭޓް ނެރެފިއެވެ.

ރާއްޖޭގެ މުސޫމާބެހޭ އޮފީހުން ވައިޓްއެލާޓް ނެރެފައިވަނީ ހއ. އިން ފެށިގެން ގދ. އާ ހަމައަށެވެ. ވައިޓް އެލާޓް ނެރެފައިވަނީ ފަތިހު 5:00 އާއި ހެނދު 11:00 އާ ދެމެދަށެވެ.

މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވަނީ މި ވަގުތުގައ ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި އެވަގުތުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އޮފީހުން ވިދާޅުވެފައިވެއެވެ.

މީގެ 6 ގަޑިއިރު ކުރިން ހއ. ފެށިގެން ލ. އަތޮޅާ ދެމެދުގައި ހިމެނޭ ރަށްތަކަށްވެސް ވައިޓް އެލާޓް ނެރުނެވެ. މިރޭ ފަތިހު 4:15 ގައި އައު އެލާޓް ނެރުމުން ކުރީގެ އެލާޓް ބާތިލްވާނެއެވެ.

ވައިޓް އެލާޓް ނެރެފައިވާ ވަގުތުގައި ނޫނަސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހި ގުގުރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.

ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އަދި އެހެން ހިސާބުތަކުގައި ހުޅަގުދެކުނާއި ހުޅަނގުން ގަޑިއަކު  10 މެލާ 20 މޭލު ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލާ 40 މޭލުބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ހުރިހާ ހިސާބެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި އަދި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.