އަލީފާން ނިއްވަން އެކަށީގެންވާ ވަސީލަތްތަކެއް ނެތް – އެމްއެންޑީއެފް

2203

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސާރވިސްގައި އެކަށީގެންވާ ވަރަށް ވަޞީލަތްތައް ނެތުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
އިއްޔެ ހަވީރު ކޯސްޓްލައިން ހާޑްވެއާ ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ހަވީރު ކޯސްޓްގާޑް ބިލްޑިންގައި ނޭޝަނަލް ޑިސާޒްޓަރ މެނޭޖްމެންޓްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރ ވިދާޅުވީ އިއްޔެ ހިނގި ހާދިސާއާ ކުރިމަތިލިއިރު، ބޭނުންވާވަރަށް ވަސިލަތްތައް ނެތުމުގެ ސަބަބުން ދަތިތަކާ ކުރިމަތިޅާންޖެހުނު ކަމަށެވެ.

އަދި މިފަދަ އިތުރު ކާރިސާތަކުން ސަލާމަތްވެ ތިބުމަށްޓަކައި ވަޞީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށްވެސް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިއުގެ ކެޕްޓަން އަހުމަދު ފާއިޒު ވިދާޅުވީ ބޮޑެތި ގުދަންތައް ހަދާއިރު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ފެން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ތަނުގެ އިސްވެރިންވެސް ވިސްނަންޖެހޭ ކަމަށާއި، އެމްއެންޑީއެފްއިން ވެސް ކަމާއިބެހޭ ވުޒާރާތަކާއި ގުޅިގެން ވަގުތުން ފެން ނެގޭފަދަ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ.
ކޯސްޓަލައިން ފިހާރައިގައި ހިނގި އަލިފާންގަނޑު ނިއްވާލުމަށްވަނީ ދެ ގަޑި އިރަށްވުރެ ގިނަ އިރު ހޭދަވެފަކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.