ރާއްޖޭގައި 160 އަށްވުރެ ގިނަ ރިސޯޓު މިސަރުކާރުންވަނީ މާކެޓަށް ނެރެފައި ކަމަށާއި އެއީ މާކެޓަށް ބޭނުންވާ ވަރަށްވުރެ އިތުރު އަދަދެއް ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ވޭމަންޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އިބޫ ވިދާޅުވީ އެރަށްތައް ކުއްޔަށް ހިފައިގެން އުޅޭމީހުންނަށް ވަނީ ފައިސާގެ ދަތިކަން ކުރިމަތިވެފައި ކަމުން ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެފަދަ މީހުންނަށް ލޯނު ލިބޭނެ އެކިގޮތްގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
"ޓުއަރިޒަމަކީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ފެތުރިގެންދާންޖެހޭނެ ކަމެއް. ހަމައެކަނި އެއް ހިސާބެއްގައެއް ނޫން އެކަން އޮންނަންޖެހެނީއެއް. މިހާތަނަށް އައިއިރުގައި މިސަރުކާރުން ގާތްގަނޑަކަށް 160 ރަށް މާކެޓަށް ނެރެފައި އެބައޮތް. އެއީ މިއަދު މާކެޓަށް ބޭނުންވާ ވަރަށްވުރެ ގިނަ އަދަދެއްކަން ފާހަގަކުރެވޭ. އެހެންނަމަވެސް އެރަށްތައް ތަރައްގީކޮށް މާކެޓަށް ނެރުމަށް އެރަށްތައް ކުއްޔަށްނެގި ފަރާތްތަކަށް މިއަދު ވަނީ ނުކުޅެދުންތެރިކަން ކުރިމަތިވެފައި. ފައިސާގެ ދަތިކަން ކުރިމަތިވެފައި. މިއަތޮޅުގައި ވެސް ވަރަށްގިނަ ރަށްރަށް އެބަހުރި ބައެއް ފަރާތްތަކަށް ކުއްޔަށް ދެވިފައި. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި އެފަރާތްތަކަށް ފައިސާގެ ލޯނުލިބޭނެ އެކިގޮތްގޮތް ހޯދައިދީ އެރަށްތައް މާކެޓަށް ނެރެވޭނެގޮތް ހަދައިދޭނަން،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ތ. އަތޮޅުގައި އަދި ވެސް ރިސޯޓު ހެދިދާނެ ރަށްތައް އެބަހުރި ކަމަށެވެ. އެގޮތުން ކަނިމީދޫ އަކީ ރިސޯޓެއް ހެދުމުގެ ފުރުސަތު އޮތްރަށެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން 2008 ވަނަ އަހަރު ފަށައިފައިވާ ދަތުރު ފަތުރުގެ ނިޒާމަކީ ވަރަށްމުހިންމު ނިޒާމެއް ކަމަށެވެ. އެނިޒާމް މިހާރުވަނީ ތަރައްގީ ކުރަން ޖެހިފައި ކަމަށެވެ. އެބޭފުޅުންގެ ވެރިކަމެއްގައި އެނިޒާމް ތަރައްގީކޮށް ކުރިއަށްވުރެ ފަސޭހަ ގޮތަކަށް ޚިދުމަތް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ވޭމަންޑޫ މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ހައްދަވައި ދެއްވައި އެރަށާ ކައިރީގައި ހުރި އެހެންރަށްތައް ގުޅައިލައްވާނެ ކަމަށް ވެސް އިބޫ މިއަދު ވިދާޅުވިއެވެ. އެގޮތަށް ކައިރިކައިރީގައި ހުންނަ ރަށްތައް ގުޅައިލުމަކީ އެބޭފުޅުންގެ މެނިފެސްޓޯގައި މިހާރުވެސް ހިމެނޭ ކަމެއް ކަމަށް އިބޫ ވިދާޅުވިއެވެ.
Ibrahim kaloboagoveetha thibunee marketah
beynuvaavarahvure ithuru resorts misarukaarun hedhi vaahaka ekamaku tho dhulun thividhaalhuvanee th. ATHOLUGAI ADHIVES ITHURU resort hadhaanekamah... verikamah mukume Anni dhehki kahala moya nugovabala thnkolheh hamajehey vaahaka dhahkaame... kaley thee verikamah laaigu Me When noon