އެނބުރޭ ވަހުތާން (11)

(2 އޯގަސްޓް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެމެން ނާތަހުޒީބު މީހުން ދެކޭ ގޮތުގައި އަންހެން ކުއްޖަކު ގޮވައިގެން ތަނަކަށް ހިނގައްޖެ ނަމަ ގެއަށް ލައި ދިނުމަކީވެސް އަހަރެމެންގެ ވާޖިބެއް-"

"އޭނާ އުޅުނީ އަހަރެން ގޮވައިގެން ދާން- އަހަރެން ނުދިޔައީ-"

މި ވާހަކަތައް އަޑު އިވުމުން ނަވީންގެ ސިކުނޑިއަށް

އްކި ވާހަކަތައް ހަނދާން ނައްތާލާ-" ޝ ނުތަނަވަސް ކަން ވެރިވީ ކީއްވެގެން ކަމެއް ނޭނގެއެވެ.

މިއުޒިކް ގްރޫޕްގެ މީހުން ސާމާނު ނަގައި އެއްތަން ކުރަނީ އެވެ. ނަޞީރު ގިޓާ ނަގައި ފޮށްޓައް ލިއެވެ. "ދެނޯ-؟ ކަލޭ ހީކުރީ ކަލޭ ގެއަށް ލައިދޭށޭ ބުނީމާ އަހަރެން އުފަލުން ދުއްވައިގަންނާނެ ކަމަށްތަ-؟"

"ހެޔޮ- އަހަރެން ދެަބާނާ ދާން ވެގެން އެނބުރިލިއެވެ.

"މޮޔަ އަނގަ ނުތަޅާ- އަހަރެން ކަލޭ އެކަނި ގެއަށް ދިޔަކަ ނުދޭނަން- އަނެއް ކޮޅުން މި ރެއަކީ ނުލާހިކު ރީތި ރެއެއް-"

ޝަބާނާ ވަރަށް ފުންކޮށް އޭނާއާ ދިމާއަށް ބަލައިލިއެވެ. "ގެއަށްދާ މަގުމަތީގައި އެއްވެސް ނުބައެއް ހަދައިގެން ނުވާނެ-"

"އަހަރެން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ފުނޑު ފުނޑު ކޮށްލަން މަސައްކަތް ނުކުރޭ-" ނަޞީރު ހީނގަތެވެ.

"ތިޔަހެން ވާނެ ނަމަ- ނިކަން މީހުން އުޅޭ ހިސާބަށް ނުކުމެ ލޯބިވާ ގޮތްވެސް އޮޅުން ފިލުވާލަ ބަލަ-" ޝަބާނާގެ އުފާވެރި މިޒާޖު އެނބުރި އަންނަން ފަށައިފިއެވެ. ވާހަކަ މި ހިސާބާށް ދިޔަ ތަނާ އެއްލި ކަޅިއަކުން ނަވީން ފެނިފައި ޝަބާނާ އެ ދިމާއާށް ހިނގައިގެންފިއެވެ.

ނަވީން- ކިހިނެއް-؟"

"ރަނގަޅު- އަހަރެން އަބަދުވެސް ހުންނަނީ ރަނގަޅަށް-" ނަވީން ތެދުވަމުން ޖަވާބު ދިނެވެ. "މިހާރު މި ދަނީ ގެއަށް ދާން-"

"އަހަރެން މިހިރީ ނަޞީރު ނިމެން ދެން... ހިނގާ ބޭރަށް- ފެންޑާއާ ހަމައަށް އަހަރެންވެސް ދާނަން-"

"ބޭނުމިއްޔާ އަހަރެން ކަލޭ ގެއަށް ގެންގޮސް ދީފާނަން-" ނަވީން ބޭރަށް ނުކުމެފައި ބުންޏެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ- ނަޞީރު އަހަރެން ގެއަށް ލައިދޭނެ- އޭނާގެ ގެ ހުންނަނީ އަހަރެމެންގެ ގެޔާ ވަރަށް ކައިރީގައި-"

"އަހަރެންގެ ހިތަށް އަރާ ބައެއް މީހުންގެ ހާދަހާ ނަސީބު ގަދައޭ-" ނަވީން އަޖާއިބު ވާ ފަދަ ގޮތަކަށް ބުނެލިއެވެ. "ނަޞީރަކީ ގަދަ ގޮލައެއް- ކަލޭގެ ވަރަށް ނަސީބު ގަދަ-"

"އޭނާޔާ އަހަންނާ ދޭތެރޭ އޮންނަނީ ރަޙްމަތްތެރިކަން- އެހެން ކަމެއް ނޯވޭ-"

"އަހަރެންނަށް އޮޅުވާލަން ނޫޅޭ- އަހަރެން ހުރިހާ ކަމެއް ދެނަހުރިން... އެންމެ ރަނގަޅު- ދެން އެތެރެއަށް ދޭ- ނަޞީރު މިހާރު ކަލޭ ނުފެނިގެން ހޯދާނެ-"

ޝަބާނާ ނަވީންއާ ސަލާން ކޮށްލާފައި އެތެރެއަށް ވަންނަން ހިނގައިގެންފިއެވެ.

އޭނާ މި ވަގުތު ވިސްނަމުން ދަނީ އިޤްބާލާއި ފަރުޒާނާއާ ދެ މީހުންނާ ބެހޭ ގޮތުންނެވެ. އެކަމަކު އޭނާ ބޭނުން ވަނީ ހަމައެކަނި އިޤްބާލާ މެދު ވިސްނާނެވެ.

ނަވީން ކާރުގެ ދޮރުފަތް ހުޅުވައިލިއެވެ. އެ ވަގުތު އެއް ފަރާތުގައި ހުރި ފާރުބުރިއެއްގެ ކައިރީގައި ނަވީދް ހުއްޓާ ފެނުނެވެ. އޭނާގެ ދެރައްޓެހިންވެސް އެ ތާނގައި ތިއްބެވެ. "އަމިއްލަ އަށް އުނދަގޫ އުފުއްލަނީ ކީއް ކުރަން-؟" ނަވީދް ބުންޏެވެ. "އަހަރެމެން ކަލޭ ގެއަށް ގެންގޮސް ދީފާނަން- އަހަރެމެން މި ތިބީ ވެސް ކަލޭގެ އިންތިޒާރުގައި-"

"ރައްކާވޭ-" ނަވީން ރުޅިއައިސްފައި ބުންޏެވެ.

ނަވީދް އައިސް އޭނާގެ އަތުގައި ހިފައިފިއެވެ. ރަޙްމަތްތެރިން ދުރުގައި މަންޒަރު ބަލަން ތިބީއެވެ. "ތިޔަހައި ބޮޑަށް ރުޅި އަންނާކަށް ނުވާނެ- ކޮއިފުޅާ-" ނަވީދް ބުނެލިއެވެ. "އެއްކަލަ ރޭ އެހައި ހިތް ހެޔޮވެފައި މިރޭ ތިޔަ ވަރަށް ބޮޑާ ހާކާކަށް ނުވާނެއެއްނު-"

ނަވީން އަތް ފޮޅުވާލަން މަސައްކަތް ކުރިއެވެ. އެކަމަކު ނަވީދް ހިފަހައްޓާފައި ހުރިލެއް ބާރު ކަމުން އެކަން ވާގޮތެއް ނުވިއެވެ. "އަހަރެން ކަލެޔާ ބެހޭ ގޮތުންނާއި ކަލޭގެ ހުނަރުތަކާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ އަހަރެންގެ ރައްޓެހިންނަށް ކިޔައި ދީފިން- އެ މީހުން އަހަރެންގެ ވާހަކަ ޤަބޫލެއް ނުކުރި-" ނަވީދް އޭނާގެ ރައްޓެހިންނަށް އިޝާރާތް ކޮށްލިއެވެ. "އަހަރެން ބުނިން ހިނގާށޭ- ކަލޭމެންނަށް ތަޖުރިބާ ކުރެވޭނެ ގޮތް ހަދައި ދީފާނަމޭ-"

ނަވީން އަށް ހަދާނޭ ގޮތެއް ނުވިސްނުނެވެ. ކުއްލިއަކަށް މި ދިމާވީ ކަމަކުން ސިކުނޑި ސުމަކަށް ހިނގައްޖެއެވެ.

"ހިނގާ- ލޯބިގަނޑާ- އަހަރެމެން ތިން މީހުންނަކީ ބޮޑުބޭބެއިން ކަމަށް ހީކޮށްލާ- އަހަރެމެންގެ އެއްވެސް އިޢްތިރާޒެއް ނެތް-" ނަވީދް މަޖާ ވެލާފައި ބުންޏެވެ. ނަވީން ފޮޅުވާލަން މަސައްކަތްކުރި ވަރަކަށް ނަވީދް ދިޔައީ ހިފެހެއްޓުން ބާރު ކުރަމުންނެވެ. "ނަވީން - މައްސަލަ ނުބައި ކުރަން އުޅުމުގެ ބޭނުމެއް ނެތް- ބަސް އަހާ ކުއްޖެއްހެން..." އެއް ފަރާތުގައި އޮތް ކަޅު ކާރަކާ ދިމާއަށް ނަވީދް އޭނާ ދަމާފައި ގެންދަން ފަށައިފިއެވެ. އޭނާ ގަދަ ދައްކަން ފެށުމުން ދުރުގައި ތިބި ދެ މީހުންވެސް އައިސް ބައިވެރި ވެއްޖެއެވެ. އެ ތަނުން އެކަކު އައިސް ކަޅު ކާރުގެ ދޮރު ހުޅުވައިލިއެވެ. އަނެއް މީހާ އާއި ނަވީދާ ދެ މީހުން ވެގެން އޭނާ ކާރުގެ ފަހަތު ގޮނޑިއަށް އެއްލައިފިއެވެ.

އެ ވަގުތު ޝަބާނާ އާއި، ނަޞީރާއި، ރޫފީ ކްލަބުން ބޭރަށް ނުކުމެއްޖެއެވެ. "އަހަނ- މި އޮތީ ނަވީންގެ ކާރު-" ޝަބާނާ ޙައިރާން ވެފައި ބުނެލިއެވެ. "ކޮންމެވެސް ގޯހެއް ހިނގައިފިކަން ކަށަވަރު- އަހަރެން ވަން އިރު ނަވީން އުޅެނީ ގެއަށް ދާން-" ޝަބާނާ ކާރާ ދިމާއަށް ހިނގައިގެންފި އެވެ. ނަޞީރާއި ރޫފީވެސް އޭނާގެ ފަހަތުން ހިނގައިގެންފި އެވެ. އެ ވަގުތު ޖައްވުގެ ތެރެއަށް ނަވީންގެ ހަޅޭކުގެ އަޑު އަރައިގެން ދިޔައެވެ. ހިސާބަކަށް އަނދިރިކަން ފެތުރިފައި އޮތުމާއެކީ އެ މީހުންނަށް ކަޅު ކާރު ފެނުނީ ހިނދުކޮޅެއް ފަހުންނެވެ. ކާރުގެ ފަހަތު ދޮރު ހުރީ ހުޅުވައިފައެވެ. އެ ދިމާއަށް ތިން މީހަކު ގުދު ވެގެން ތިބެ ނަވީން އޮބަހައްޓަން މަސައްކަތް ކުރަނީއެވެ. ނަވީން އަނެއްކާވެސް ހަޅޭއް ލަވައިގެންފި އެވެ. މި ފަހަރު ޝަބާނާ އަށް ގޮވައިވެސް ލިއެވެ. އޭރު ޝަބާނާމެންނަށް ކަޅު ކާރާ ހަމައަށް ދެވިއްޖެއެވެ.

"ކިހިނެއް ވަނީ-؟" ޝަބާނާ ވަރަށް ބާރަށް އަހައިލިއެވެ.

"އަހަރެމެން ނަވީން އޭނާގެ ގެއަށް ގެންގޮސް ދެނީ-" ނަވީދް ބޯ ހިއްލައިލާފައި ބުންޏެވެ. "އަހަރެމެންނަށް އެއްވެސް މީހެއްގެ އެހީއެއް ބޭނުމެއް ނޫން-"

ނަޞީރު އެހެން ދިމާއަކަށް ބަލަން ފަށައިފިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނަފްރަތުގެ އަސަރެވެ. ނަވީން އަކީ ރަނގަޅު ކުއްޖެއް ނޫންކަން އޭނާ ދަނެއެވެ. އެކަމަކު ޝަބާނާ ދޫކޮށްލާ ފިކުރެއް ނުކުރިއެވެ. "އެކަމަކު ކަލޭމެންނާއެކު ދާކަށް ނަވީން ބޭނުމެއް ނުވެއެއްނު-؟ ދޯ ނަވީން-؟" އޭނާ ނަވީންއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ނަވީން އޭނާގެ އަތުގައި ހިފައިގެން ކާރުން ބޭރަށް ނުކުމެއްޖެއެވެ.

"ކަލޭމެން ނުބެހޭ ކަންތައްތަކުގެ ތެރެއަށް ވަންނަނީ ކީއްކުރަން-؟" ނަވީދްގެ ރައްޓެހިންގެ ތެރެއިން އެކަކު ހަރުކަށި ކަމާއެކު ބުނެލިއެވެ.

"އެންމެ ރަނގަޅު- ބޭނުން ގޮތެއް ނިންމަން އަންހެން ކުއްޖާއަށް ދޫކޮށްލާ-"

"އަންހެންކުއްޖާއޭ-؟ މިއީ އަންހެން ކުއްޖެއްތަ-؟ މިއީ ކުނި ބޮނޑިއެއް- ފުޅަ އަޅާފައި އޮތް ކުނި ބޮނޑިއެއް-" ނަވީދް ރުޅިވެރި ކަމާއެކު ބުންޏެވެ. "ނޫންތަ-؟ މިއީ ދޮގެއްތަ-؟" އޭނާ ނަވީންއާ ދިމާއަށް ބަލައިލިއެވެ. އޭރުވެސް ނަވީން ޝަބާނާ ގެ އަތުން ދޫކޮށެއް ނުލައެވެ.

"އޭތް- ތަންކޮޅެއް ރީތިކޮށް ވާހަކަ ދައްކާ-" ރޫފީ ދެކޮޅު ހެދިއެވެ. ނަޞީރު އަޅާވެސް ނުލާ މަންޒަރު ބަލަން ހުރީއެވެ.

ނަވީދް މޭ ފުއްޕައިލާފައި ރޫފީއާ ދިމާއަށް ކުރިއަށް ޖެހިލިއެވެ. "ހީވަނީ ކަލޭގެ ސިކުނޑި ހަމައަކަށް ނާޅުވައެއް ނުވާނެހެން-" އޭނާ ރަޙްމަތްތެރިންނަށް ބޮލުން އިޝާރާތް ކޮށްލިއެވެ.

މި އަޑު އިވުމާއެކު ނަޞީރު ފުންމައިގެން އައިސް ރޫފީއާ، ނަވީދާ ދެ މީހުންގެ ދެމެދަށް ވަދެއްޖެއެވެ. "ނާ ރަނގަޅަށްތަ-؟ ސިކުނޑި ހަމައަކަށް އަޅުވަމާ ހިނގާ- ވަރަށް ރަނގަޅަށް ހަމައަކަށް އަޅުވައިލަން ވާނެ-"

ފުރަތަމަ އެތިފަހަރާ އެކު ނަވީދް ވިއްސައިގެން ގޮސް ޖެހުނީ ކަޅު ކާރުގައެވެ.

"އެހެން މީހަކުވެސް ދުނިޔެ އެނބުރޭ ތަން ބަލަން ބޭނުމިއްޔާ އާދޭ-" ނަޞީރު ހަޅޭއް ލަވައިގަތެވެ.

ނަވީދްގެ ރައްޓެހިންގެ ފިކުރު ބޮޑު ވެއްޖެއެވެ. ބޮލުގައި ހިފަހައްޓައިގެން ބިންމަތީގައި އިށީނދެގެން އިން ނަވީދާ ދިމާއަށް ބަލައިލިއެވެ. އެއަށް ފަހު އަވަސް އަވަހަށް އޭނާ އަތުލަފި ކޮށްގެން ކާރަށް އަރުވައިގެން ބޮޑު ބަޑިއަކުން ދޫކޮށްލި އުންޑައެއް ހެން ގޮސް އަވަދި ވެއްޖެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.