
މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކްޕާޓީ ގެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިތުރު ފަރާތަކަށް ދެއްވައިފި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުން ވިދާޅުވެފައިވަނީ އެ ޕާޓީ އުފެއްދުމަށް "ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި،" ކަމަށެވެ.
އިތުރު ޕާޓީއެއް އުފެއްދުމުގެ ހުއަދަ އިލެކަންސް ކޮމިޝަނުން ދެއްވައިފައިވަނީ ގާނޫނީ ވަކީލު އަބްދުﷲ ހަސީނަށެވެ.
މީގެ ކުރިންވެސް އޭނާވަނީ އެހެންނަމެއްގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކޮށް ދެއްވުމަށް އެދި އިލެކްޝަނަށް ހުށަހަޅައިފައެވެ. އެހެންނަމަވެސް އެފަހަރު އޭނާއަށް އެންގެވީ ނަންބަދަލުކޮށްގެން އަލުން ހުށަހެޅުމަށެވެ. އެފަހަރު އޭނާ ހުށަހެޅުއްވި ނަމަކީ "މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޖަސްޓިސް" އެވެ.