އެއްހާސް ރުފިޔާ ލިބޭ އޯޕަންޑޭއެއް މީރާއިން ފަށައިފި

ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ފަރުދުން ޓެކުހުގެ ނިޒާމަށް އަހުލުވެރި ކުރުވުމުގެ ގޮތުން މީރާއިން ކުރިއަށް ގެންދާ "ޓެކްސް ވީކް" ގެ ހަރަކާތެއްގެ ގޮތުގައި "މީރާ އޯޕަންޑޭ" އެއް މިއަދު ފަށައިފިއެވެ.

މިހަރަކާތް ކުރިއަށް ގެންދަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް މިރާގެ މައި އޮފީހާއި، އޯކިޑް ބިލްޑިންގަގެވެ.

މިއީ މީރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާއި، ވަޒީފާގެފުރުސަތު ތަކާބެހޭ މައުލޫމާތު އާންމުންނަށާއި މީރާގައި ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

މިއަދު މިރާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެތަނުގެ އެކިޑިޕާޓްމެންޓްތަކާ ބެހޭ މައުލޫމާތު ދިނުމާއި، އެފަރާތެއް ކިޔަވަމުންދާ ނުވަތަ ކިޔަވައިފައިވާ ދާއިރާއާ ގުޅިގެން މީރާގައި އަދާކުރެވޭނެ ވަޒީތަކުގެ މައުލޫމާތު ވެސް ދޭނެ ކަމަށް މީރާއިން ވަނީ ވިދާޅުވެއެވެ. އަދި މީރާގެ އެކިޑިޕާޓްމެންޓްތަކަށް ޒިޔާރަތްކޮށް އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކޮށް އެމީހުންނާ ސުވާލު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް މީރައިން ވިދާޅުވިއެވެ.

މި އޯޕަންޑޭއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރަތުން ހޮވޭފަރާތަކަށް އެއްހާސް ރުފިޔާގެ އިނާމެއް ވެސް ލިބޭނެ ކަމަށް ވެސް މީރާއިން ވިދާޅުވިއެވެ. ވީހާސް ވެސް ގިންސްކޫލްޔަކާއި އާންމުން މި ހަރަކާތުގައި ބައިވެރުވުމަށް މީރާއިން ވަނީ އެދިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.