
މާފަންނު ކްރިމްސަން ރޯސް ގޭގެ ފަސްވަނަބުރިން މީހަކު ވެއްޓި މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާގައި މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހެކެވެ. އޭނާއަކީ ކޮޅުމަޑުލު ގާދިއްފުށީ ވައިލެޓްމާގޭ، ހުސައިން އަހުމަދު (ހުސައިން މަނިކު) ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އާފަތިހަށް މައުލޫމާތު ދެމުން ގާދިއްފުށީމީހަކު ބުނީ ހުސައިން މަނިކަކީ ސިކުނޑީގެ މައްސަލައެއް ވެސް ހުންނަ މީހެއް ކަމަށެވެ. އޭނާގެ އުމުރުން މިހާރު 69 ވަރަކަށް އަހަރު ވެދާނެ ކަމަށް ވެސް މާލޭގައި އުޅޭ ގާދިއްފުށީ އެމީހާ ބުންޏެވެ. ހުސައިން މަނިކު މީގެ ކުރިންވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުން ފަރުވާ ވެސް ހޯދައިފައި ކަމަށް މައުލޫމާތު ލިބފައިވެއެވެ.
ހުސައިން މަނިކުބެއަކީ ސިކުނޑީގައި މައްސަލައެއް އުޅޭ މީހެއް ކަމަށްވަނީ. މިރޭވެސް ފަސްވަނަ ބުރިން ފުންމައިލީ ކަމަށް އެނގިފައިވަނީ" އާފަތިހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.