ރީރަޖިސްޓްރޭޝަން ފޯމުތައް އީސީއަށް ވައްދަން:ޕީޕީއެމް

ކުޑަހުވަދޫން ހަވާލުކުރި ޕެޓިޝަނާ ހަވާލުވެ ވަޑައިގެންނެވީ ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް

ޕީޕީއެމުން ފުރަމުން ގެންދާ ރީރަޖިސްޓްރޭޝަން ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) ނުވައްދާ ކަމަށް ދައްކާ ވާހަކާ އެޕާޓީން ދޮގުކުރައްވައިފިއެވެ.

އެޕާޓީގެ ނާއިބު ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕީޕީއެމުން ފުރަމުންދާ ފޯމުތައް އީސީއަށް ނުވައްދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުދާ ކަމަށެވެ. އެހެންނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެޕާޓިން ފުރާ ފޯމުތައް އީސީއަށް ހުށަހަޅާ ކަމަށެވެ. އެކަމަކު ވައްދަނީ ވަރަށް ބޮޑަށް ބަލައި އެއްވެސް މައްސަލައެއްނެތްކަން ކަށަވަރުވާ ވަރަށް ބެލުމަށްފަހު ކަމަށެވެ. ފޯމުތައް ވައްދަމުން ގެންދަނީ އެކިފަހަރުމަތިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކިފަހަރު މަތިން ހުރިހާ ފޯމެއް ވައްދާނެ. ވައްދާނީ ބަލައި ވެރިފައި ކޮށްފައި" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ފަތުރަނީ ހަގީގަތާ ޚިލާފު ވާހަކަ ކަމަށެވެ. މިހާތަނަށް އެމްޑީޕީން އީސީއަށް ވައްދައިފައިވާ ފޯމުގެ އަދަދު 10 ހާހަށް ވެސް ނާރާ ކަމަށެވެ.

ހަގީގަތާ ޚިލާފު ވާހަކަ ދައްކަމުން ގިސް އެޕާޓީން ގެންދަނީ ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެއީ އިދިކޮޅު ފަރާތްތަކުން ކުރާ އައުކަމެއްނޫން ކަމަށެވެ. ސިފައިންނާއި ފުލުހުން އެއްވެސް ހާލެއްގައި ގައުމަށް ގެއްލުންވާ ކަމެއް ނުކުރާނެ ކަމަށާއި އެހެންވެ އެފަދަ ވާހަކަ ނުދެއްކުމަށް އޭނާ ވިދާޅުވިއެވެ. ސިފައިންނާއި ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބައެއް ކަމަށާއި އެހެންނަމަވެސް އެމްޑީޕީން ގެންދަނީ އެކަން ބަދަލުކުރަން މަސައްކަތް ކުރަމުން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.