
މިދިޔަ އަހަރު ސަރުކާރުން ފަށްޓަވައިފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން މުވައްޒަފުންނަށް ފުލެޓް ލިބޭ "ޕޯޓް ހިޔާ ހައުސިން ސްކީމް" މިރޭ ތައާރަފް ކުރައްވައިފިއެވެ.
މިރޭ ތައާރަފްކުރި ސްކީމުގެ ދަށުން އޮގަސްޓް އެކަކުން ފެށިގެން އެމަހުގެ ނިޔަލަށް ފުލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އެމްޕީއެލްގެ މުވައްޒަފުންނަށް ވަނީ ހުޅުވާލައިފައެވެ.
މިއީ އަގުހެޔޮކޮށް ފުލެޓް ހޯދައިދިނުމަށް އެމްޕީއެމްގެ މުވައްޒަފުންނަށް ތައާރަފް ކުރި ސްކީމެކެވެ. މި ސްކީމް މިރޭ އިފްތިތާހު ކޮށްދެއްވީ އިކޮނޮމިކް ޑިވެލިޕްމެންޓް މިނިސްޓަރު މުހައްމަދު ސައީދާއި އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމާއި ޗެއާމަން ޑރ. އަލީ ރިފާއުއެވެ.
މި ސްކީމް އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން ފްލެޓަށް އެދުމުގެ ފޯމުވަނީ އެމްޕީއެލްގެ ޑިޕާޓްމެންޓް ތަކާ ހަވާލު ކޮށްފައެވެ.