
ދިވެހިރާއްޖޭގެ 53 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭ ސިޓީގައި މާދަމާ ބާއްވަން ދިވެހި ސިފައިން ނިންމެވި ޝަރަފުގެ ހިނގާލުން ނުބާއްވާ ގޮތަށް ނިންމަވައިފިއެވެ.
ޝަރަފުގެ ހިނގާލުން މާދަމާ ނުބާއްވާގޮތަށް ހަމަޖައްސާފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމައްޖެހިފައިއޮތް މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކާއި ކުޅިވަރުތައް މާދަމާ ރޭ ބާއްވާގޮތަށް ސަރުކާރުން ހަމަޖެއްސެވުމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭ ސިޓީގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން ބާއްވާ ތާރީޚު ފަހުން އަންގަވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.