އިހަވަންދޫ ސިއްހީ މަރުޒުގެ ނަން އާމިނާ ދިޔޯއަށް ބަދަލު ކުރައްވައިފި

ތިލަދުންމަތީ އުތުރުބުރީ ސިއްހީ މަރުކަޒުގެ ނަން "އާމީނާ ދިޔޯ ސިއްހީ މަރުކަޒު" ގެ ނަމަށް މިއަދުން ފެށިގެން ބަދަލު ކުރައްވައިފި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެރަށުގެ ރައްޔިތުންނާ މިއަދު ބައްދަލު ކުރައްވައި ރައީސް ދެއްކެވި ވާހަގަފުޅުގައި ވިދާޅުވީ ސިއްހީ މަރުކަޒުގެ ނަން ބަދަލުކުރެއްވީ އެރަށުގެ ރައްޔިތުން އެކަމަށް އެދިގެން ކަމަށެވެ.

އާމިނާ ދިޔޯއަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ތިން ބަތަލުންގެ ތެރެއިން މުހައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ ކޮއްކޮ ހަސަން ތަކުރުފާނުގެ މަންމާ ފުޅެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.