ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ އޮފީހުން ޔެލޯއެލާޓް ނެރެފިއެވެ.
މިއަދު ޔެލޯ އެލާޓް ނެރެފައިވަނީ މާލެއަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށެވެ. މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވަނީ ކޮޅިގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. އާންމު ގޮތެއް ވައިޖެހޭނީ ގަޑިއަކު 30-40 މޭލަށް ކަމަށް ވެސް މޫސުމާ ބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ.
ޔެޔޯ އެލާޓް ނެރެފައިވަނީ ހަވީރު 3:40-6:40 އާ ހަމައަށެވެ.