ސްޓަރ ވާރސްގެ ވޯލްޑް ޕްރިމިއަރއަށް ތައްޔާރުވަނީ

media-VVXeQDh65P0Iwbk_lg

 

ހޮލީވުޑްގެ އެންމެ ބޮޑު ވޯލްޑް ޕްރިމިއަރކަމަށް ބުނަމުންދާ ސްޓަރ ވާރސްގެ ޕްރިމިއަރއަށް ހޮލީވުޑުން ތައްޔާރުވަމުން އެބަދެއެވެ.

މި ފިލްމްގެ ވޯލްޑް ޕްރިމިއަރ ދެއްކުމަށް ހަމަޖެހިފައިވަނީ މިއަންނަ ހޯމަދުވަހުގެ ރެއެވެ. ސްޓަރ ވާރސް: ދަ ފޯސް އެވޭކަންސް މި ފިލްމް ފުރަތަމަ ދެއްކުމަށް ހަމަޖެހިފައިވަނީ ތިން ތިއޭޓަރެއްގައި ހަމައެކަނި ވީ.އައި.ޕީ ބެލުންތެރިންނަށް ކަމަށް މަޢުލޫމާތު ލިބެއެވެ.

މިދިޔާ ހަފްތާ ބަންދުން ފެށިގެން ގިނަ އަދަދެއްގެ އާއްމުން ދަނީ ފިލްމް ބަލާލުމައްޓަކައި ޓިކެޓު ނެގުމަށް ކިއުގައި ޖެހެމުންނެވެ. ޙަބަރު ލިބިފައިވާ ގޮތުގައި މި ފިލްމް އާއްމުންނަށް ދެއްކުމަށް ހަމަޖެހިފައިވާ ފުރަތަމަ ޝޯއިން ޓިކެޓުލިބޭނީ މަދުވެގެން 24 ގަޑިއިރު ކިއުގައި ޖެހިފައިވާ ފަރާތްތަކަށެވެ.

ކުރިއަށް އޮތް ޝޯތަކަށް ކިއުގައި ނުޖެހި ޓިކެޓް ލިބޭނޭ ގޮތް މަގުފަހިވާނޭކަމަށް ބޮކްސް އޮފީހުން ބުނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.