ހެސަވާދައިގެ އެއްވަނަ މެރިން ޑިޕްލައިމެންޓް 2 އަށް

އެމްއެންޑީއެފްގެ ޔުނިޓްތަކަށް އަމާޒުކޮށްގެން "ހެސަ ވާދަ – 2018" ގެ ނަމުގައި ބޭއްވި މުބާރާތުގެ އެއްވަނަ މެރިން ޑިޕްލޮއިމަންޓް 2 (އެމްޑީޔޫ – 2) އިން ހޯދައިފި ކަމަށް އެމްއެންޑީއެދް އިން ވިދާޅޖުވެއްޖެއެވެ.

މި މުބާތާތް ނިންމުމުގެ ގޮތުން މިރޭ މާލޭ ސިޓީ އިންޑިސްޓްރިއަލް ޒޯންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހި އަސްކަރިއްޔާގެ އިޚްލާޞްތެރި ޤައުމީ ޚިދުމަތުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އިތުރަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ދިވެހިންގެ ދިވެހި ވަންތަކަށް ދެމެެހެއްޓެވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް ޝުކުރުއަދާކުރައްވާފައިވެއެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސިފައިންގެ އަސްކަރީ ވާޖިބުގެ ތެރެއިން ސިފައިންގެ ޤާބިލުކަން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ދިވެހި ކާބަފައިން ދިރިއުޅުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ބުރަކަމާއި ހިތްވަރުގަދަކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތުގެ އެއްވަނަ އެމްޑީޔޫ 2 އަށް ލިބިފައިވާއިރު މުބާރާތުގެ ދެވަނަ ޓީމަކަށް ހޮވިފައިވަނީ ކޯސްޓްގާޑް ޓީމް އަދި ތިން ވަނަ ޓީމަކީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް 3 (އެމްޑީޔޫ – 3)  އެވެ.

މުބާރާތުގެ އެއްވަނަ ޓީމަށް ތައްޓާއި މެޑެލް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެވެ. އަދި ދެވަނަ ޓީމަށާއި ތިންވަނަ ޓީމަށް މެޑެލްއާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމެވެ. އަދި މި މުބާރާތަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކަށާއި ބައެއް އަމިއްލަ ކުންފުނިތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

މުބާރާތުގައި ބައިވެރިވި ޓީމުތަކަށާއި މުބާރާތުގެ ހިންގާ ކޮމިޓީގެ އޮފިޝަލުންނަށާއި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ޔުނިޓްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދެވެ.

މިރޭ ބޭއްވި މި ރަސްމިއްޔާތުގައި ދިވެހި ސިފައިންގެ އަންހެން ކަނބަލުންގެ ދެ ޓީމެއްގެ ފަރާތުން ވަނީ އައިޓަމެއް ވަނީ ހުށަހަޅައިދީފައެވެ."ހެސަ ވާދަ – 2018" މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ އިސް ޚިދުމަތްތެރިންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސް ވެރިންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.

ސިފައިންގެއަށް މުޅިން އަލަށް ތަޢާރަފްކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ސިފައިންގެ 17 ޔުނިޓްތަކުން ވަނީ ބައިވެރިވެފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.