އުރުދުޣާނަށް ރައީސް ޔާމީންގެ މަރުހަބާ

ތުރުކީވިލާތުގައި ބޭއްވި ރިޔާސީ އިންތިޚާބު ކަމިޔާބު ކުރައްވައި ރިޔާސީ އިތުރު ދައުރެއް ކަށަވަރު ކުރެއްވި އެގައުމުގެ މިހާރުގެ ވެސް ރައީސް ރަޖަބު ތައްޔިބު އުރުދުޣާންގެ ކާމިޔާބީ ފާހަގަ ކުރައްވައި ރައީސް ޔާމީން އުރުދުޣާން އަށް މަރުހަބާއާއި ތަހުނިޔާ ދަންނަވައިފިއެވެ.

އެކަން ފާހަގަ ކުރައްވައި އުރުދުޣާންއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޮނުއްވި މެސެޖްގައި، ސަރުކާރުކޯލިޝަނުން ތުރުކީގެ ގްރޭންޑް ނެޝަނަލް އެސެމްބްލީގެ މެޖޯރިޓީ ހޯއްދަވާފައިވާތީ އެކަމާ ގުޅިގެން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތުރުކީގެ ރައީސަށް މަރުޙަބާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ތުރުކީގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށާއި، އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި އުފާ ފާގަތިކަން ހޯއްދަވައިދެއްވުމަށް ތުރުކީގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އިތުރު ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.

ދިވެހިރާއްޖެއާއި ތުރުކީއާ ދެޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތްގުޅުމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް އެރްތުޤާންގެ ވެރިކަމުގައި އެ ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި އިސްލާމީ އުއްމަތަށް ދިވާމެފައިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި އެކުގައި މަސައްކަތްކުރައްވާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.