ރެފިއުޖީ އިން ގެންދިއުމުގެ އިންތިޒާމްތައް ދޯދިޔާ - އދ

refugees02-jpg-20150903

ގްރީސް އިން ތުރުކީ އަށް ރެފިއުޖީން އަނބުރާ ފޮނުވާލުމުގެ އިންތިޒާމްތައް ދޯދިޔާކަމުން، ބައެއް ރެފިއުޖީންނަށް އަނބުރާ ސޫރިއާ އަށް ދާން ޖެހިދަނެ ކަމުގެ ބިރުހީވެފަވާ ކަމަށް އދ.އިން ބުނެފިއެވެ.
އދ.އިން ބުނީ ގްރީސްގައި ތިބި ރެފިއުޖީން ތުރުކީ އަށް ފޮނުވާލުމަށް އެއްދުވަހަށް ވެފައިވާއިރު، އެކަމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ ކަމަށެވެ. އޮފިޝަލުން ބުނާގޮތުން ހޯމަދުވަހު ދުއިސައްތަ އަށް ވުރެ ގިނަ ރެފިއުޖީން ތުރުކީ އަށް ފޮނުވާލާނެއެވެ.
އީޔޫ އާއި ތުރުކީއާއި ދެމެދުވެފައިވާ އެއްބަސްވުމަކީ ޔޫރަޕްތެރޭގައި، މީހުން ކޮންޓްރޯންކުރުން ފަސޭހަ ކުރުމަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީއަށް ގެންދާ ރެފިއުޖީ އިން އެތަނުގައި ވަޒަންވެރިކުރުވުމުގެ ކަންތައްތައް އީޔޫ އިން ވަރަސް ކައިރިން ބަލަހައްޓާނެ ކަމަށް އީޔޫ އިން ބުންޏެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.