
އިނގިރޭސީން އަޑީގައި ތިގެން ރާއްޖޭގެ ދެކުނުގައި ގާއިމްކުރި ސަރުކާރުގެ އެންމެ އިވެރިޔާ އަބްދުﷲ އަފީފް (އައްޑޫ ރަދުން) އާ ބެހޭ ގޮތުން އަހުމަދު ޒާހިރު (ސީނާ ޒާހިރު) ކުރިން ލިޔުއްވާފައިވާ ލިޔުންތައް ޖަމާ ކުރެއްވުމަށްފަހު ފޮތެއްގެ ސިފައިގައި މިރޭ ނެރެފިއެވެ.
ނެޝަނަލް އާޓުގެލެރީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ފޮތް ނެރެދެއްވީ ޒާހިރަށް ކާފަ ވިދާޅުވާ ދެބޭފުޅުންނެވެ. "އައްޑޫ ރަދުން" ގެ ނަން ދެއްވައިފައިވާ މިފޮތަކީ 1980 ގެ ކުރީކޮޅު އަފީފް، ޒާހިރަށް ދެއްވާފައިވާ އިންޓަރވިއުގެ މައްޗަށް ބިނާ ކުރައްވައި ލިޔުވި ލިޔުންތަކެއް އެއްކޮލުމަށްފަހު ނެރުއްވި ފޮތެކެވެ. އެ ލިޔުއްވުންތައް ކުރިންވަނީ އެދުވަސްވަރު ނުކުތް "ހަފްތާ" ނޫހުގައި ޝައިއު ކުރައްވައިފައެވެ.
މިއީ 175 ސަފްހާގެ ފޮތެކެވެ. މާދަމާއިން ފެށިގެން އަޝްރަފީ ބުކުޝޮޕުން ފޮތް ލިބެން ހުންނާނެއެވެ. އަގަކީ 150 ރުފިޔާއެވެ.