އަބްދުﷲ ސައީދާއި އަލީ ޙަމީދުގެ ޖަލު ޙުކުމަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެކޯޓުގެ ފަނޑިޔާރު އަލީ ޙަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 1 އަހަރާއި 2 މަހުގެ ޖަލު ޙުކުމަށް ސުޕްރީމް ކޯޓުންވެސް ތާއީދުކޮށް ދެފަނޑިޔާރުގެ އިސްތިއުނާފް ބަލައިނުގަންނަން ނިންމައިފިއެވެ.

ސައީދާއި އަލީ ޙަމީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ނިންމީ އެދެބޭފުޅުންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމަކީ ޝަރުއީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފު ހުކުމެއް ނޫން ކަމަށާއި އިއްވާފައިވާ ޖަލު ޙުކުމް ސައްޙަ ކަމަށެވެ.

ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ދެފަނޑިޔާރުންގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމަކީ ރަނގަޅު ޙުކުމެއް ކަމަށްވުމުން ދެފަނޑިޔާރުންގެ ފަރާތުން ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ.

ޖަލު ޙުކުމުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ޙަމީދުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާވެސް ކޮށްފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.