ރިސްކެއްއޮތް ބޭފުޅަކު ކެންޑިޑޭޓަކަށް ނެރެގެން ނުވާނެ: ޑރ. ޖަމީލް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަނުން ނެރޭ ކެންޑިޑޭޓަކީ އެއްވެސް ރިސްކެއްއޮތް ބޭފުޅަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އާފަތިހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތަށް ބަލާއިރު ކޮންމެ މީހަކުވެސް ވިސްނަންޖެހޭނީ އަމިއްލަ އެދުމާއި މަސްލަހަތަށްވުރެ މުޅިގައުމުގެ މަސްލަހަތާއި ހަމަޖެހުމަށް ކަމަށެވެ. އެހެންވީ ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވުމަކީ އެއްވެސް ރިސްކެއްނެތް ސާފު ކެންޑިޑޭޓަކު ކޯލިޝަނުން ނެރުން ކަމަށެވެ.

ރިސްކުއޮތް ބޭފުޅެއްގެ ނަން އިލެކްޝަނަށް ވެއްދުމުން އެތަނުން ބަލައި ނުގެންފިނަމަ މާދެރަ ކަމަށްވެސް އެމަނިކުފާނު ވިދާޅިވިއެވެ. "އިލެކްޝަންސް ކޮމިޝަނަށް ނަން ހުށަހެޅުމުން އެނަން ޑިސްކޮލިފައިވީމައި ދެން ކިހިނެއް ހަދާނީ. އެހެންވީމައި ކޯލިޝަނުން ނުވާނެ އެފަދަ ރިސްކެއް ނަގާކަށް. ކޯލިޝަންގެ ކެންޑިޑޭޓަކަށް ވާންޖެހޭނީ އެއްވެސް މައްސަލައެއްނެތް ސާފު ބޭފުޅަކަށް،" ޑރ. ޖަމީލް ވިދާޅުވިއެވެ.

މިހާތަނަށް ކޯލިޝަނުން ކެންޑިޑޭޓަކު ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް ޑރ. ޖަމީލް އަދިވެސް އުންމީދު ކުރައްވަނީ އެއްކެންޑިޑޭޓަކު ނެރެވޭނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.