ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވައިފި

މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން އާންމުންނާ އީދު ސަލާމް ކުރެއްވުން މިއަދު ބާއްވައިފިއެވެ.

މިއަދު ހެނދުނު 9 ން ފެށިގެން ރަސްރަނި ބަގީޗާގައި އޮތް އީދު ސަލާމް ކުރެއްވުމުގެ ރަސްމިއްޔާތަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ގޮސް ރައީސްގެ ދެކަނބަލުންނާ އީދު ސަލާމް ކުރައްވާފައެވެ. މިއަދު އޮތް އީދު ސަލާމް ކުރެއްވުމަށް ސަރުކާރުގެ ބަޔެއް ވަޒީރުންނާއި ސަރުކާރުގެ ބަޔެއް ވެރިންގެ އިތުރުން ގިނަ ޒުވާނުންނާއި ދުވަސްވީ މީހުން އަދި ކުޑަކުދިންވެސް ދިޔައެވެ.

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުމަކީ ރާއްޖޭގައި ވަރަށް ކުރީއްސުރެވެސް އޮންނަ ކަމެކެވެ. އީދުގެ މުނާސަބަތުގައި އުފާފާޅުކޮށް މިއަދު މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއްވެސް ކުރިޔަށް ދާނެއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.