ލ.އަތޮޅަށް ބިންހެލުމެއްގެ އަސަރު ކޮށްފި

ލ. އަތޮޅުގެ ރަށްރަރަށް މިއަދު ބިން ހެލުމެއްގެ އަސަރު ކޮށްފި ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.ބިންހެލުމުގެ އަސަރު ކޮށްފައިވަނީ ލ. އަތޮޅުގެ ގަމާއި، ފޮނަދުއާއި، ކައްދުއާއި އަދި އިތުރު ބައެއް ރަށްރަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެރަށްރަށުގެ ބައެއް މީހުން ބުނިގޮތުގައި އެ ލޮޅުން އައިސްފައިވަނީ ހެނދުނު 11:30 އެހައިކަންހާ އިރުކަމަށެވެ. މެޓު އޮފީހުން ވިދާޅުވީ އެއީ ބިންހެލުމެކޭ ބުނެވޭވަރުގެ ލޮޅުމެއް ނޫންކަމަށެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ގާއިމް ކޮށްފައިވާ ސިސްޓަކަމަށް އެ ގުޑުން އަރާފައި ނުވާކަމަށްވެސް އެތަނުން ވިދާޅުވިއެވެ. އެހެންނަމަވެސް އެބުނާގަޑީގައި ކޮންމެވެސް ވަރެއްގެ ލޮޅުމެއް އައިސްފައިވާ ކަމަށް ކާޑެއްދޫގައި ބަހައްޓައިފައިވާ ސިސްޓަމަށް ރެކޯޑު ކުރެވިފައިވާ ކަމަށް މެޓު އޮފީހުން ވިދާޅުވިއެވެ.

"ލ. އެންމެ ކައިރީގައި ހުންނާނީ ގދ. ކާޑެއްދޫގައި ބަހައްޓައިފައިވާ ސިސްޓަމް. މަތިންދާ ބޯޓު ޖައްސާގަޑީގައި ބިމަށް އަންނަ ލޮޅުންވެސް އެއަށް ރެކޯޑު ކުރެވޭ. ހެވީ ވެހިކަލެއް ދުއްވިޔަސް އެއަށް އެބަރެކޯޑުވޭ. އެހާ ސެންސިޓިވް ސިސްޓަމެއް އެއީ. އެ ސިސްޓަމަށް ނޫން ދުނިޔޭގެ އެހެން އެއްވެސް ހިސާބެއްގައި ހުރި ސިސްޓަމަކށްނެތް އެ ލޮޅުން ރެކޯޑު ކުރެވިފައި. އެހެން ވީމާ އެއީ ބިންހެލުމެއްނޫން" މެޓު އޮފީހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.