ދޮގުމައުލޫމާތު ފަތުރާ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: އާސަންދަ

ހުޅުމާލެ ހޮސްޕިޓަލް: ފޮޓޯ ސަން

ފަހަކަށް އައިސް ހުޅުމާލެ ހޮސްޕިޓަލާ އާސަންދަ ކުންފުނި ބަދުނާމުވާ ގޮތަށް އެކި މީޑިއާތަކުން ވާހަކަ ފަތުރާކަމަށާއި އެފަދަ ވާހަކަފަތުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ "މިފަހަކަށް އައިސް އެކިއެކި މީޑިއާ ޕްލެޓްފޯމްތަކުގައި ހުޅުމާލޭ ހޮސްޕިޓަލާއި މި ކުންފުނި ބަދުނާމުވާހެން ވާހަކަ ފަތުރައި ކުންފުނިންދޭ މައުލޫމާތު ރައްޔިތުންނަށް އޮޅުންއަރާނެހެން ގެނެސް ދެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ."

އެފަދަ އަމަލުތައް  ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. "އަދި މީގެ ފަހުން މިފަދަ ދޮގު މައުލޫމާތުތައް ފަތުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅުގަނޑުމެން އަޅާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ވެއެވެ.

ސިއްހީ ދާއިރާއަކީ ނާޒުކު އަދި ރައްޔިތުންގެ އިހުސާސްތަކާ ނުހަނު ގުޅިފައިވާ ދާއިރާއެއް ކަމަށްވާތީ އަދާއިރާގެ ކަންކަން ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުމާއި ނަފްރަތު އުފެދޭ ގޮތަށް ރިޕޯޓު ނުކުރުމަށް އާސަންދައިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

އާއިލާއަކަށް ހިތްދަތިކަމެއް ދިމާވެގެން އުޅޭ ވަގުތެއްގައި ދޮގުމައުލޫމާތު ފެތުރުމަކީ އެފަދަ ކަންކަމުގައި ހިމެނޭ ފަރާތްތަކަށް އިތުރު ހިތްދަތިކަމެއް ލިބޭނެ ކަމަކަށްވާތީ އެކިއެކި ޕްލެޓްފޯމްތަކުގައި ހަގީގަތާ ޚިލާފް ވާހަކަތައް އެގޮތަށް ނުފެތުރުމަށް ވެސް އެކުންފުނިންވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.