
ފެނައިގެ މުވައްޒަފުންގެ އާއިލާތަކަށް ޚާއްސަ ކޮށްގެން އެކުންފުނިން އިންތިޒާމްކުރި ގުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.

ހިރިޔާ ސްކޫލުގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ 30 ކުދިން ބައިވެރިވުމަށް ނަންނޯޓު ކުރިއެވެ. އެހެން ނަމަވެސް ތަފާތު ސަބަބުތަކާހެދި ބައެއް ކުދިންނަށް މާލޭ އާދެވޭގޮތް ނުވުމުން މުބަރާތް ފަށައިފައިވަނީ 17 ބައިވެރިންނާއެކީގައި ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
މިއަދު 2:00 ގައި ފެށި މުބާރާތުގެ ކިޔެވުން މިރޭ ނިމޭނެއެވެ. ނަތީޖާ ފާޅުކުރުން އޮންނާނީ މާދަމާ ކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ. މުބާރާތުގެ އެއްވަނައަށް ވަނީ ދިހަހާސް ރުފިޔާ ހުށަހަޅައިފައެވެ. ދެވަނައަށްވަނީ ހަތްހާސް ރުފިޔާ ހުށަހަޅައިފައެވެ. ތިންވަނައަށް ހުށަހަޅައިފައިވަނީ ހަތަރު ހާސް ރުފިޔާއެވެ.

މިއީ ރަމަޟާން މަހަކީ އަޅުކަމުގެ މަހަށްވެފައި ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމުގެ މަގުސަދުގައި ފެށި މުބާރާތެއް ކަމަށް އެކުންފުނިން ވިދާޅުވިއެވެ. އަންނަ އަހަރު މިހާރަށްވުރެ ފުޅާކޮށް މިމުބާރާތް ބާއްވާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.