ތެޔޮބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މާލެ ފޮނުވާލަނީ

ރ. އުނގޫފާރު ބަނދަރުގައިއޮތް ތެޔޮބޯޓެއްގައި ރޯވެ މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްރީލަންކާ މިހާ މާލެ ފޮނުވާ ގޮތަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ނިންމައިފިއެވެ.

ހޮސްޕިޓަލުން ވިދާޅުވީ އެމީހާ މާލެ ފޮނުވާލަނީ ސީ އެމްބިޔުލާންސްގައި ކަމަށެވެ. އޭނާގެ ހަށިގަނޑުގެ 55 އިންސައްތަ ވަނީ ފިހިފައި ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ. "އޭނާ އައިޖީއެމްއެޗަށް ފޮނުވާލުމުގެ ތައްޔާރީތައް ވަނީ ވެފައި. ބައިގަޑިއެއްހާ އިރުތެރޭ އޭނާ ސީއެމްބިޔުލާންސްގައި ފުރުވާލެވޭނެ،" ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެމީހާއާއެކު ހޮސްޕިޓަލަށް ގެނެސްފައިވާ ދެވަނަ މީހާއަކީ ޅ. ހިންނަވަރު މީހެކެވެ. އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ. އޭނާ އަދިވެސް ބާއްވާފައިވަނީ "އޮބްޒަވޭޝަނުގައި" ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.