
ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ބޯމަތި ވެގެން އަންނައިރު އިދިކޮޅުން ނެރެންޖެހޭނީ ފުލުހުންގެ އެއްވެސް ޝަރުއީ ޙުކުމެއްވެސް މިވަގުތު ނެތް، ޕީޖީ އޮފީހުގައި އެއްވެސް މައްސަލައެއް ފައިލް ކޮށްފައިވެސް ނެތް، ފުލުސް އޮފީހުގައި އެއްވެސް ތަހްގީގެއްވެސް މިވަގުތު ނެތް ސާފު ކެންޑިޑޭޓެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެ ނެރުއްވި ބަޔާނަށް ކުރީގެ ރައީސް ނަޝީދު ޓްވީޓަކުން މިއަދު ޖަވާބު ދެއްވައިފިއެވެ.
އަވައްޓެރި ކޮލަމްބޯގައި ހުންނަވައި ރައީސް ނަޝީދު ގާސިމްގެ ވާހަކަ ތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިދިކޮޅުން އެއްކެންޑިޑޭޓު ނެރުމަށް އޮތް ހުރަހަކަށް އެމަނިކުފާނު ވެވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"އަޅުގަނޑުމެން ނެރޭނީ އެއްކެންޑިޑޭޓު، އަދި އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރާނަން" ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅުން ނުކުންނަ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށްޓަކައި ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓު ހޯއްދަވާފައިވުމާއި އަދި ރިޔާސީ އިންތިޚާބަށް އެމަނިކުފާނު ނުކުމެވަޑައިގަތުމަށް ކެމްޕޭން ކުރައްވާތީ އާއި އެމްޑީޕީ އާއި ޖޭޕީގެ މެދުގައި ބަހުގެ ހަމަލާތައް ފަހަކަށް އައިސް ދެމުންދާތީ އެކަންކަމާމެދު ކަންބޮޑުވެވަޑައިގެން ގާސިމް ރޭ ނެރުއްވި ބަޔާނުގައި ވިދާޅުވީ އިދިކޮޅުން ރިސްކު އޮތް ބޭފުޅަކު ނެރެގެން ވާންނެތް ކަމަށެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމުންވެސް ޖޭޕީގެ އިސްބަޔެއް ވެރިން ވަނީ އެއީ އިދިކޮޅު ކޯލިޝަނަށް ލިބުނު ދެރައެއް ކަމަށް ބުނެފައެވެ. ސަބަބަކީ ރައީސް ނަޝީދަކީވެސް 13 އަހަރުގެ ޖަލު ޙުކުމެއް މިވަގުތު އޮތް ބޭފުޅަކަށް ވެފައި ރިޔާސީ އިންތިޚާބަށް ނުކުމެވަޑައިގަތުމުގެ ދޮރު މިވަގުތުގެ ޙާލަތުން ބަންދު ވެފައިވާ ބޭފުޅެއް ކަމަށްވުމެވެ.
ގާސިމްގެ ބަޔާނުގައި ރޭ ވިދާޅުވީ މިއަދުގެ ޙާލަތަކީ ރައީސް ނަޝީދަށްވެސް އަދި ގާސިމަށްވެސް އިންތިޚާބަށް ނުކުތުމަށް ގާނޫނީ ހުރަސް އޮތުން ކަމަށެވެ. ނަމަވެސް 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތަށް ގާނޫނު އަސާސީ އިސްލާޙުކޮށް އެމަނިކުފާނަށް ކުރިމަތި ނުލެވޭގޮތަށް ގެނައި ބަދަލަކީވެސް އަދި ރައީސް ނަޝީދުގެ ކެންޑިޑެންސީ ދުއްވާލުމަކީވެސް ސަރުކާރުން ނާއިންސާފުން ކޮށްފައިވާ ކަންކަން ކަމަށް ގާސިމް ވިދާޅުވިއެވެ.
އިދިކޮޅުން ނެރޭނީ އެއް ކެންޑިޑޭޓު. އެއީ ނަޝީދު. އެނޫން ގޮތަކަށް މި ނަޝީދެއް އެއްބަހެއް ނުވާނެކަން ޔަގީން. އެހެން ވަނީ ސަބަބެއްވެސް އޮވެގެން. އެއްޑީޕީ މީހުންނަށް ޔަގީންވާނެ ނަޝީދުގެ ނަން އޮންނާނެކަން ވޯޓު ކަރުދާހުގައި. އިންޓަރެސްޓިން