
މި ރެސިޕީއަށް ބޭނުންވާނީ އެންމެ ދެ ބާވަތެވެ. ފުށަކީ އާއްމުކޮށް ކޭކު ރެސިޕީތަކަށް ބޭނުންވާ ބާވަތެއް ނަމަވެސް މި ރެސިޕީ އަށް ފުށެއް ބޭނުމެއް ނުވާނެއެވެ.
ބޭނުންވާނެ ތަކެތި:
4 ކުކުޅު ބިސް
240 ގުރާމް ނިއުޓެއްލާ
ތައްޔާރުކުރާނެ ގޮތް:
175 ޑިގްރީ ސެލްސިއަސްގައި އަވަން ހޫނުކުރާށެވެ. 17 ސެންޓިމީޓަރު ޓްރޭއެއްގައި މާޖިރިޏް އުނގުޅާށެެވެ.
އިލެކްްޓްރިކް މިކްސަރެއްގައި ތިން ގުނައަށް އިތުރުވަންދެން ބިސް ގިރާށެވެ. ގާތްގަނޑަކަށް 6 މިނިޓްވަރު ގިރުމުން ރަނގަޅު ވާނެއެވެ.
ބޯތަށްޓަކަށް ނިއުޓެއްލާ އަޅައި 20 ސިކުންތުވަރު މިއކްރޯވޭވް ކުރާށެވެ. ނުވަތަ ހޫނު ކުރާށެވެ.
ގިރާފައި ހުރި ބިހުގެ ތިންބައިކުޅަ އެއްބައި އޭގެ ތެރެއަށް އަޅައި އެއްކުރާށެވެ. ރަނގަޅަށް އެއްކުރެވުމުން އަނެއްކާވެސް ބިހުގެ ތިންބައިކުޅަ އެއްބައި އަޅައި އެއްކުރާށެވެ. އެއކުރެވުމުން ބާކީ ހުރި ތިންބައިކުޅަ އެއްބައި އަޅައި އެއްކުރާށެވެ.
މިކްސްޗަރު ޓްރޭއަށް އަޅުމަށްފަހު 20 މިނިޓް ނުވަތަ 25 މިނިޓް ވަންދެން އަވަނުގައި ފިހޭށެވެ. ޓްރޭ އިން ކޭކު ނަގަންވާނީ މުޅިން ހިހޫ ވުމުންނެވެ.