ރާއްޖެއާ ވާދަކޮށް ސަލާމަތީ މަޖިލީހުގެ ގޮނޑި އިންޑޮނޭޝިއާ ކާމިޔާބު ކޮށްފި

އަންނަ 2019 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ދެ އަހަރަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެމްބަރުކަމުގެ މަގާމަށް ފަސް ގައުމެއް އިންތިޚާބު ކުރަން ނެގީ ވޯޓުން ރާއްޖެއާ ވާދަކޮށް އިންޑޮނޭޝިއާއިން ކާމިޔާބުކޮށްފިއެވެ.

ރާއްޖެ އާ ވާދަކޮށް އެގައުމުން މިގޮނިޑި ކާމިޔާބުކުރީ 144 ވޯޓު ހޯދައިގެންނެވެ. މިއީ މި ގޮނޑި އިންޑޮނޭޝިއާ ކާމިޔާބުކުރި 4 ވަނަ ފަހަރެވެ. މި ވޯޓުގައި ރާއްޖެއަށް ވޯޓު ދެއްވައިފައިވަނީ 44 ގައުމަކުންނެވެ. މިވޯޓުގައި ބައިވެރިވެފައިވަނީ 190 ގައުމެވެ.

ރާއްޖެ ވާދަކުރި އޭޝިޔާ ޕެސިފިކް ގްރޫޕްގެ ގޮނޑި ރާއްޖެއަށް ކާމިޔާބު ކުރެވުނުނަމަ ރާއްޖެ ވެގެންދާނީ މިގޮނޑި ކާމިޔާބުކޮށް އެންމެ ފުރަތަމަ ސަލާމަތީ މަޖިލީހަށްވަތް އެންމެ ކުޑަ އަދި ޖާޒީރާ ގައުމަށެވެ.

މިރޭގެ ނާކާމިޔާބީއާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ދެރައެއް ކަމަށެވެ. އެހެންނަމަވެސް މީގެ ސަބަބުން މުސްތަގުބަލުގައި ކުދި ގައުމުތަކަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.