ބާޒާރުގައި ތަކެތީގެ އަގުބޮޑުވެގެން ހުށަހެޅުނު ޝަކުވާ ވަރަށްމަދު

ބާޒާރުގައި ވިއްކަން ބަހައްޓާފައިވާ މުދާތަކެއް: ފޮޓޯ ރާއްޖެއެމްވީ

މިހިނގާ ރޯދަމަސް މިހާތަނަށް އައިއިރު ބާޒާރުގެ ތަކެތީގެ އަގުބޮޑުވެގެން ހުށަހަޅައިފައިވާ ޝަކުވާ މިދިޔަ އަހަރުގެ ރޯދަމަހާ އަޅައި ބަލާއިރު ވަރަށް މަދު ކަމަށް އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޑެޕިޔުޓީ މިނިސްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވީ ރޯދަމަސް ފެށިގެން ފުރަތަމަ ދުވަސްކޮޅު އަލުވި ފަދަ ބައެއް ތަކެތީގެ އަގުބޮޑުވެގެން ޝަކުވާ ހުށަހެޅި ކަމަށެވެ. އެހެންނަމަވެސް އެކަންކަން މިހާރުވަނީ ހައްލު ކުރެވިފައި ކަމަށެވެ.

"ހުސްވި ރޯދަމަހާ އަޅައި ބަލާއިރު މިއަހަރުގެ ރޯދަމަހު ދިހަ ޕަސްންޓް ޝަކުވާ ވެސްނެތް ތަކެތީގެ އަގުބޮޑުވެގެން ހުށަހަޅާފައެއް. ފުރަތަމަ ކޮޅުގައި އަލުވި ފަދަ ބައެއް އައިޓަމް ތަކާ ގުޅިގެން ޝަކުވާ ލިބުނަސް މިހާރުވަނީ އެކަންކަން ހައްލު ކުރެވިފައި،" އަބްދުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުވަހުން ދުވަހަށް ބާޒާރުގެ އަގުތައް ބައްލަވައި ދިރާސާ ކުރައްވަމުން ގެންދަވާއިރު އެއް އަގެއްގައި އަގުތައް ހިފެހެއްޓުފައިވާ ކަމަށެވެ. ބާޒާރުގައި ކުރުބާ، ގަބުޅި ތަދުކަމުން އެ ސާމާނު ފޯރުކޮށް ދެމުން ގެންދަނީ ވެމްކޯއިންނެވެ. އެކަމާ ގުޅިގެން އޭގެ ވިޔަފާރި ކުރަމުންދާ އާންމުންގެ ޝަކުވާއެއްވެސް ނެތް ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

ރޯދަމަހުގެ ކުރީކޮޅު ބައެއްތަކެތި ބާޒާރުން މަދުވުމުން އޭގެ އަގުބޮޑުކުރަމުންދިޔުމުން އެކަމް އެގޮތަށް ނުކުރުމަށް ވެސް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ ވިޔަފާރިވެރިންނަށް އަންގަވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.