ކުލާހުގައި ނިދުނު ކުއްޖަކަށް އޯގާތެރިވި މުދައްރިސަކަށް އެތައް ބައެއްގެ ތައުރީފު

ވޮޝިންޓަންގެ ހައި ސުކޫލެއްގައި ކިޔަވާއިދޭ މުދައްރިސަކު އޭނާ ކިޔަވައިދޭ ދަރިވަރަކަށް ކުލާހުގައި ނިދުމުން އެދަރިވަރު ހޭލައްވަން މަސައްކަތް ކުރުމުގެ ބަދަލުގައި އޭނާއަށް ނިދަން ފުރުސަތު ދީފިއެވެ. މޮންޓި ސީރީ ވަނީ އޭނާގެ ޓްވިޓަރގައި އެކަމާ ގުޅޭގޮތުން އޭނާ ދެކޭގޮތް ހާމަ ކޮށްފައެވެ. އޭނާގެ އެ ތްރެޑަށް ގިނަބައެއްގެ ސަމާލުކަން ލިބި އެ ތްރެޑް ވައިރަލް ނުވާންވީ ސަބަބެއް ނެތެވެ. އާއްމުކޮށް ދަރިވަރުން ކުލާހުގައި ނިދުމުން ނުވަތަ ކުލާހަށް ސަމާލުކަން ނުދޭ ނަމަ އެކިވަރުގެ އަދަބު މުދައްރިސުންގެ ފަރާތުން ލިބެއެވެ.

އޭނާގެ ޓްވީޓުގައި ދަރިވަރުގެ ނަން އޮތުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެއްބަޔަކު ޝަކުވާ ކުރިއެވެ. ނަމަވެސް ނަމަށްވުރެ ބޮޑަށް އޭނާ ދެކޭގޮތް އާއްމުކޮށް މުދައްރިސުން ދެކޭ ގޮތާ ތަފާތެވެ. މެގް ގެ ތްރެޑްގެ ފުރަތަމަ ޓްވީޓުން އެކަނިވެސް އޭނާ ދެކެ ލޯބި ނުވާންވީ ސަބަބެއް ނެތެވެ. އޭނާގެ ޓްވީޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާގެ ކުލާހަކީ "... ދަރިވަރުގެ މުޅި ހަޔާތެއް ނޫނެވެ. ނަމަވެސް ދަރިވަރުގެ ހަޔާތުގެ ބައެކެވެ." މޮންޓީ ފާހަގަކޮށްފައިވާ ގޮތުގައި އޭނާގެ ދަރިވަރު އެދުވަހު ކުލާސް ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ނުއެއް ހިފައެވެ. ލިޔަން ހަވާލުކުރި މަޒުމޫނު ހުށައެއް ނާޅައެވެ. ނަމަވެސް އެދަރިވަރަށް އޭނާ އަދަބެއް ނުދެއެވެ. ސަބަބު އޭނާ ވަނީ ޓްވީޓުތަކުގައި ވަރަށް ރަނގަޅަށް އޮޅުންފިލުވައި ދީފައެވެ. އެ ދަރިވަރަކީ ފުރާވަރު އުމުރުގެ ކުއްޖެކެވެ. ކުލާހަށް ހާޒިރުވުމުގެ ކުރީން އޭނާގެ ފާމްގައި ކުރަންޖެހޭ މަސައްކަތް ކުރެއެވެ. 4x400 މީޓަރުގެ ރެލީއަކަށް ތައްޔާރުވެއެވެ.

ކުލާހުގައި ދަރިވަރަކަށް ނިދުން އާދައަކަށް ހެދުމަކީ އޭނާވެސް ގަބޫލުކުރާ ހަމައެއް ނޫނެވެ. ނަމަވެސް ބައެއްފަހަރު ހިތްބުނާގޮތަށްވެސް އަމަލުކުރަން ޖެހޭނެއެވެ. އެދަރިވަރު އެހެން ކުލާޙެއްގައި އިން ނަމަ ލިޔަން ހަވާލު ކުރި މަޒުމޫނަށް ސުމެއް ލިބުނީހެވެ. މޮންޓި ލިޔެފައިވާ ގޮތުގައި އެދަރިވަރު އިނީ އެހެން ކުލާހަކު ނޫނެވެ. އޭނާގެ ކުލާހުގައެވެ. ކުލާހުގައި ނިދުނު ނަމަވެސް ކުލާހުގައި ހަވާލުކުރެވުނު މަސައްކަތް ނިންމައި ހަވާކުކުރިއެވެ. އޭނާ މިވާހަކަ ބުނެފައިވަނީ މުދައްރިސުން ދަރިވަރުންނަށް އިތުބާރު ކުރަންވާނެ ކަމަށް ދޭހަވާ ފަދަ މޭރުމަކުންނެވެ.

ފަތިހު ހޭލައިގެން ދަރިވަރު އެކުރާ މަސައްކަތް އޭނާއަށް ނުކުރެވޭނެ ކަމަށް މޮންޓީ ބުނެފައިވެއެވެ. އޭނާގެ ކުލާހުގައި އޭނާއަށް ވަރަށް ގިނަކަންކަން ކުރެވޭނެ ކަމަށާއި ނަމަވެސް އޭނާއަކަށް ދަރިވަރުގެ ދަނޑަށް ގޮސް އަސްތަކަށް ހެނދުނާއި ހަވީރު ކާން ނުދެވޭނެ ކަމަށާއި ދަރިވަރުގެ ފަރާތުން ދުވުމުގެ ރޭހުގައި ބައިވެރި ނުވެވޭނެ ކަމަށްވެސް މޮންޓޭ ބުނެފައިވެއެވެ. ފުރާވަރު އުމުރުގައި ދަރިވަރު ކުރިމަތި ލާންޖެހޭ އުދާސްތައް ފިލުވައި ނުދެވުނަސް މޮންޓީ ދެކޭގޮތުގައި އެކަންކަމާ އިރުކޮޅަކަށް ދުރަށްދާން އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ.

ކުލާހަކަށް ދަރިވަރުން ހާޒިރުވަނީ ހަމައެކަނި ފޮތް ފޮތުގައި ލިޔެފައި ހުންނަ އެއްޗެހި ހިތުދަސްކޮށް ނުވަތަ އާއްމު ދިރިއުޅުމާ ތަފާތު ގޮތްގޮތަށް އުޅެން ދަސްކުރާކަށް ނޫނެވެ. ކުލާސް ރޫމް ވާންވާނީ ދިރިއުޅުމަށް ދަރިވަރު ތައްޔާރު ކުރާ މަރުކަޒަށެވެ. ފިލާވަޅުތަކުގެ ތެރެއިން އިލްމީ، އިޖްތިމާއީ އާދަތައް ދަސްކޮށްދޭ ތަނަކަށް ކުލާސް ވާން ޖެހޭނެއެވެ. މީހުންނަށް އިހްތިރާމް ކުރުމާއި ހަމްދަރްދީ ވުމާއި ޖަޒުބާތާއި މިފަަދަކަންކަން ދަރިވަރަށް ދަސްވާ މަރުކަޒަށް ކުލާސް ވާން ޖެހޭނެއެވެ. އެހެން ކަމުން ކުލާހުގައި ކަންކަން ނިންމުމުގައި ދަރިވަރުގެ ހާލަތަށް ރިއާޔަތް ކުރަންޖެހޭ ފަހަރު ފަހަރު އެގޮތަށް އަމަލުކުރަންވާނެއެވެ. ހައި ސްކޫލު ޓީޗަރު ދެއްކި ނަމޫނާ އިން ފިލާވަޅު ލިބިގަަތުމަކީ އެންމެ ރަނގަޅު ކަމެކެވެ.

ޓްވީޓު ތުރެޑް ބައްލަވާލެއްވުމަށް ތިރީގައި މިވާ ޓްވީޓަށް ކްލިކް ކޮށްލައްވާށެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.