ރައީސް ޔާމީންގެ ދެވަނަ މަންދޫބަކުވެސް މައުމޫނާ ބައްދަލު ކުރައްވައިފި

ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ރައީސް ޔާމީންގެ ދެވަނަ މަންދޫބެއްގެ ގޮތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ބައްދަލު ކުރައްވައިފިއެވެ.

އާދަމް ޝަރީފަކީ ރައީސް މައުމޫން ޖަލަށްލި ފަހުން މައުމޫނާ ބައްދަލު ކުރެއްވި ރައީސް ޔާމީންގެ ދެވަނަ މަންދޫބެވެ. މީގެ ކުރިން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދާ ބައްދަލުކުރައްވައިފައެވެ.

ޑިފެންސް މިނިސްޓަރ ރައީސް މައުމޫނާ ބައްދަލު ކުރެއްވީ އިއްޔެ ކަމަށް ރައީސް މައުމޫނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ޝަރީފް އިއްޔެ ވަނީ މައުމޫންގެ އިތުރަށް އުއްތަމަ ފަނޑިޔާރާ ވެސް ބައްދަލު ކުރައްވައިފައެވެ.

މިބައްދަލު ކުރެއްވުމުގެ މިނިސްޓަރ ވަނީ ޖަލުގެ ހާލަތާއި އެބޭފުޅުންގެ ހާލުކޮޅުވެސް ބައްލަވައިފައެއެވެ. ރައީސް މައުމޫން ވަނީ ޖަލުގެ ކަންކަމާއި، ޝަރީއަތުގެ މަޖިލީހުގެ ވާހަކަތަކާއި، ދައުލަތުގެ މުއައްސަސާތަކުން އެމަނިކުފާނާ މެދު އަމަލު ކުރައްވަމުން ގެންދަވާ ގޮތުގެ  ވާހަކަ ވެސް ހިއްސާ ކުރައްވައިފައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލް މައުމޫން ހަމީދުވަނީ މީޑިއާގައި ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.