ޕްރިޔަންކާ އާއި ނިކް ޖޮނަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ޔޫ އެސް ވީކްލީ އިން ބުނެފި

ކުއަންޓިކޯގެ ތަރި ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިއުންތެރިޔާ ނިކް ޖޮނަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށް ބުރާސްފަތި ދުވަހުގެރޭ ޕްރިޔަންކާ އާއި ނިކް ލޮސް އެންޖެލިސްގައި ރޭގަނޑުގެ ކެއުމަކަށް ބޭރުތެރެއަށް ނިކުމެ އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް މީޑިއާގައި ޝާއިއުކޮށްފިއެވެ. ޕްރިޔަންކާ ކާރުން ފޭބުމުގެ ކުރީން ނިކް ކާރުން ފައިބައިގެން ގޮސް ކާރުގެ ދޮރު ހުޅުވައި ޕްރިޔަންކާ އަށް އެހީތެރިވާ މަންޒަރު ވެސް ފޮޓޯތަކުން ފެނެއެވެ.

ޕްރިޔަންކާ އާއި ނިކް ނޫސްތަކުގެ ސުރުޚީ އަށް ފުރަތަމަ އަރާފައިވަނީ 2017ވަނަ އަހަރު މެޓްގާލާ އަށް ދެމީހުން އެކުގައި ދިއުމުންނެވެ.

ޕްރިޔަންކާ އާއި ނިކް ޖޮނަސް 2017ވަނަ އަހަރު މެޓް ގާލާ ގައި

ޔޫއެސް ވީކްލީ އިން ވަނީ މި ދެ ފަންނާނުންގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ކަށަވަރު ކޮށްދީފައެވެ. ޔޫއެސް ވީކްލީ ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ވަރަށް ގުޅޭ ޖޯޑެކެވެ. އަދި ދެމީހުން އެކަކު އަނެކަކަށް ވަރަށް ބޮޑަށް ޝައުގުވެރިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.