މަސްތުވާތަކެއްޗާއެކު ހއ. މޮޅަދުއަށް ޑޮލަރު ވެސް ލައްގަން ފަށައިފިއެވެ. ބެލެވޭ ގޮތުގައި މިއީ އިންނަފަރަށް ބުރާސް ފަތި ދުވަހު އުރިފައިވާ އީރާނު ބޯޓުގައި ހުރި ތަކެއްޗެވެ.
ރެއިން ފެށިގެން މޮޅަދޫ ގޮނުޑު ދޮށަށް މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓުތަކެއް ދަނީ ލައްގަމުންނެވެ. މޮޅަދޫ ކައުންސިލާ ހަވާލާދީ ބާއެއް ނޫސް ތަކުގައި ބުނެފައިވަނީ ބަންދުކޮށްފައިވާ ގިނަ އަދަދެއްގެ ޑޮލަރުތަކެއްވެސް މޮޅަދޫ ގޮނޑު ދޮށުން ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް ފެނިފައިވާ ޑޮލަރުގެ އަދަދެއް ނޭނގެއެވެ.
މިތަކެތި މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެތަކެތި ފެނިފައިވަނީ މޫދަށް އެރެންދިޔަ ދެ އަންހެނަކަށް ކަމަށްވެސް މޮޅަދޫ ކައުންސިލުން ބުނެފައިވެއެވެ.
އިންނަފރަށް އުރިފައިވާ ބޯޓަކީ އީރާނުގެ އުޅަނދެކެވެ. ބުރާސްފަތި ދުވަހު ހެނދުނު އެބޯޓު އުރުމުން އެއާ ދިމާއަށް އެމްއެންޑީއެފް ކޯސްގާޑު ދާން ފެށުމުން ބޯޓުގައި ތިބި އަށް މީހުން ވަނީ ކަނޑަށް ފުންމާލައިފައެވެ. އެމީހުން ފުންމާލީ ބޯޓުގައި ރޯކޮށްލުމަށްފަހުގައެވެ. އެ މީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެބޯޓުގައި މަސްތުވާތަކެތި ހުރިކަމުގެ ނިޝާންތަކެއް ފެންނަމުންދާތީ ބަލައި ފާސްކުރަމުންދާ ކަމަށެވެ. އޭގެ އިތުރަށް މިހާދިސާއާ ބެހޭ މައުލޫމާތެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ. އަދި މޮޅަދުއަށާއި އުލިގަމަށް ލައްގަމުންދާ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާ މެދުވެސް ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.