
ޓްރެފިކް ގަވާއިދާ ޚިލާފުވެގެން ލައިސަންސް ނުނެގިފައިވާ މީހުންނަށް އެފުރުސަތު ފަހިކޮށް ދިނުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އިކޮނިމިކް ޑިވެލޮޕްމެންޓް މިނިސްޓަރުގެ ނާއިބު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ވިދާޅުވީ ޓްރެފިކް ގަވާއިދާ ޚިލާފުން މިތާގައި މާނަ ކުރައްވަނީ ލައިންސަލްސް ނެތި ދުއްވުމުގެ ވާހަކަ ކަމަށެވެ. ލައިސަންސް ނެތި ދުއްވައިގެން ޖޫރިމަނާ ކުރުމުން އެފައިސާ ނުދެއްކިގެން ލައިންސަންސް ނުލިބިފައި ތިބި އެތައް ބަޔަކު އެބައުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެފަދަ މީހުންނަށް ފުރުސަތު ދޭންވެސް ވާނީ އިއުލާން ކޮށްފައި. އެކަމުގެ ގާނޫނީ މަސައްކަތްތައް އެބަކުރަން. އެކަން ނިމުނުހާ އަވަހަކަށް އެފަރާގްތަކަށް އަޅުގަނޑުމެން އެފުރުސަތު އަރުވާނަން. މި ޕްރޮގްރާމުގެ އެންމެބޮޑު އެއް އަމާޒަކީ ގާނޫނާ ޚިލާފުވުމުގެ ސަބަބުން ލައިސަންސް ނުލިބިފައިވާ މީހުން ގާނޫނީ އިމުގެ ތެރެއަށް އާދެވޭނެ ދޮރު ހުޅުވާލައި ދިނުން،" އަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއީ މީރާއާއި، ޕޮލިހާއި ޓްރާންސްޕޯޓު އޮތޯރިޓީއާ ގުޅިގެން ކުރަންޖެހޭ ކަމަކަށްވާތީ އިދާރީ ގޮތުން ވަރަށްބެޑެތި ޓެކްނިކަލް މައްސައްކަތްތަކެއް ކުރަންޖެހޭތީ މިހާރު ކުރަމުންދަނީ އެމަސައްކަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތްތައް ނިމި ލަސްވެގެން މަހެއްހާ ދުވަސްތެރޭގައި މި ޕްރޮގްރާމު ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.