އެމްޑީޕީން މިއަދު ފެށި އެޕާޓީގެ ރީޔާސީ ޕްރައިމަރީގައި ގާނޫނާ ޚިލާފު ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެ ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓުން ފުލުހުންގެ މައްޗަށްކުރި އަމުރު ތަންފީޒު ކުރަން ފެށުމަށްފަހު މީޑިއާއަށް ދެއްވި ބަޔާނެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ އަމުރު ތަންފީޒު ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއްވެސް ފުލުހުން ކުރާނެ ކަމަށެވެ.
އެމްޑީގެ ޕްރައިމަރީ މިއަދު ބާއްވަމުން ދިޔައީ ގާނޫނާ ޚިލާފަށް ކަމަށާއި އެކަން ވޯޓުލުން ހުއްޓުވަން ކުރި މަސައްކަތުން ވެސް ފެނިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅވީ ވޯޓު ލުން ހުއްޓުވުމުގެ މަސައްކަތް މާލެ އާއި ރަށްރަށުގައި ކުރަމުންދާއިރު އެކަމަށް ހުރަސް އަޅާ ފަރާތްތަކާމެދުވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އެހެން ކަމުން އެއްވެސް ބަޔަކު ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ބަދަލުގައި އެއްބާރު ލެއްވުން ދެއްވުމަށް ޝިފާން އެދިވަޑައިގެންނެވިއެވެ.
އޭމާ ވިދާޅުވީ ބައެއް މިޑީއާތަކުންވެސް ގާނޫނޫ ޚިލާފު ކޮންޓެންޓްތައް މިހާރު ފޮނުވަމުންދާ ކަމަށާއި އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކަށް އެކަން ނުކުރުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ. އެފަދަ ކޮންޓެންޓް ގެނެސްދޭ ބައެއް ޓީވީ ޗެނަލް ތަކަށް ފުލުހުން ގޮސް މިހާރުވާނީ އެކަން ނުކުރުމަށް އަންގާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.