ގެޓްސެޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވައިފި

ކޮންމެ އަހަރަކު 40 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން ޒުވާނުންނަށް ދޫކުރާ ގެޓް ސެޓް ލޯނުގެ މިއަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވައިފިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވެނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ ޖޫން 24 އިން 28 އަށެވެ. މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ލައްކަ ރުފިޔާއި އަށްލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއްގެ ލޯނެކެވެ.

ގެޓްސެޓްގެ ޕްރޮގްރާމުގެ މެނޭޖަރ މަހީލް ޢަލީ ޖަލީލް ވިދާޅުވެފައިވަނީ ލޯނަށް އެދުން ލަސް ކުރުމުގެ ބަދަލުގައި އަވަސް ކުރުން ވަރަށް މުހިންމު ކަމަށެވެ. އެންމެ ފަހުވަގުތު އެޕްލިކޭޝަން ހުށަހަޅަން މަޑުނުކޮށް ވީހާވެސް އަވަހަށް ހުށަހެޅުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.