ޅ. މަޑިވަރުގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް މިއަދު ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.
އެމަސައްކަތް ހަވާލުކޮށްފައިވަނީ ކުރެއްދޫ ހޯލްޑިންގްސްއާ އެވެ. އެއާޕޯޓު ތަރައްގީ ކުރަން އެކުންފުންޏާއެކު ހެދި އެއްބަސްވުމުގައި ސޮއިކުރައްވައިފައިވަނީ މިއަދުއެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ. ކުރެއްދޫގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން މުހައްމަދު މޫސާއެވެ.
މި އެއާޕޯޓު އެޅުމުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ އެ ކުންފުނިންނެވެ. އެއާޕޯޓު ތަރައްގީ ކުރާނީ 1.2 މީޓަރުގެ ރަންވޭ އަކާއެކުގައެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްސަ ކޮށްގެން ތަރައްގީކުރާ އެއާޕޯޓަކީ އާންމުކޮށް އެތެރޭގެ އުދުހުން ތަކުގައި ބޭނުންކުރާ ވަރުގެ މަތިންދާ ބޯޓުތަކެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުރަވަޅި މޯލްޑިވްސްގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ޒަމީރު ވިދާޅުވީ މި އެއާޕޯޓުގެ ސަބަބުން ޅ. އަތޮޅުގެ ފަތުރުވެރިކަމަށް އިތުރު ތަރައްގީ އައިސް އިގްތިސާދު މިހާރަށްވުރެވެސް ބޮޑަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެއާޕޯޓުގެ މަސައްކަތް އެއަހަރުތެރޭގައި ނިމޭނެ ކަމަށް ކުރެއްދޫ ހޯލްޑިންގްސް އިން ވަނީ ބުނެފައެވެ. އެތަނުން ބުނީ މިއީ ގައުމުގެ ތަރައްގީއަށް ކޮދެއްވާ ކަމެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ 4 އެއާޕޯޓު ތަރައްގީ ކުރުމަށް ކުންފުނިތަކާ ހަވާލު ކުރައްވާނެ ކަމަށެވެ.