ބޭރު މީހުންނަށް ފުރުސަތުދޭ ލީޑަރުންނަށް ދިވެހިން ތާއީދެއް ނުކުރާނެ: ރައީސް

ގައުމުގެ ހަމަޖެހުން ގެއްލޭ ފަދަ ކަންކަމުގެ ތެރެއަށް ބޭރު މީހުން އަތްބޭނުމަށް ފުރުސަތު ދޭ ސިޔާސީ ލީޑަރުންނަށް ދިވެހިން ތާއީދެއް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއާ އަލަށް ގުޅުނު މީހުންގެ ފޯމުތައް ޕާޓީއަށް ހަވާލުކުރުމަށް އެޕާޓީގެ އޮފީހުގައި ރޭ ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އޭގެއިތުރަށް އަދަބު ތަންފީޒު ވިޔަ ނުދިނުމަށްޓާކައި މަސައްކަތްކުރާ ލީޑަރުންނަކީ ގައުމުގެ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުފޫ ހަމަވާ ބައެއްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ރާއްޖޭގެ އިދިކޮޅު ލީޑަރުންގެ ފަރާތުން ފެންނަނީ އެފަދަ ކަންކަމަށް ހިތްވަރުދޭ މަންޒަރު ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ބަޔަކުވިޔަސް ގާނޫނާ ޚިލާފު ކަމެއް ކޮށްފި ކަމަށްވާނަމަ އެކަމަށް އަދަބު ލިބެންޖެހޭނެކަން އެބޭފުޅުން ވެސް ގަބޫކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ކުރި ހުކުމަށްފަހު ދެން ހިނގައިދިޔަ ކަންކަމަކީ އުފުލަށް ގައުމަށް އެހާ ފަސޭހަކަންކަމަށް ނުވި ކަމަށެވެ. އެދުވަހުވެސް ސިޔާ ލީޑަރުންނާއި ރާއްޖޭގެ އިސްތިގުލާން ދަމަހައްޓަން އެންމެ އިސްކޮށް ތިއްބަވަން ޖެހޭ ބޭފުޅުން ތިއްބެވި ކަމަށެވެ. އޭގެ ތެރޭގައި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް ވެސް ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެދުވަހު އެބޭފުޅުން ކުރެއްވީ ކުޑަކަމެއް ނޫންކަމަށާއި އެފަދަ ކަންކަމަށް މައާފެއްދެވެން ނޯންނާނެ ކަމަށެވެ. ސަބަބަކީ އެއީ ސީދާ ގައުމީ ކަންކަމާ ގުޅިފައިވާ ކަމަކަށް ވާތީ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.