ވޯޓު މަރުކަޒުގައި ހަރަކާތްތެރިވާނެ މީހުން ތަމްރީން ކުރަނީ

މިއަހަރު ސެޕްޓެމްބަރުގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީން ކުރުމަށް 70 ޓްރެއިނަރުން ހޯދަން އިއުލާން ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރައްވައިފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނީ އޮގަސްޓް 11 އިން 17 އަށް ކަމަށެވެ.

މި މުއްދަތުގައި ކޮންމެ ބައިވެރިއަކަށް ދުވާލަކު 200 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. އޭގެ އިތުރަށް އެމީހުން ޓްރެއިނިން ކޮށްދޭ މީހުންނަށް ދުވާލަކަށް 700 ރުފިޔާ ލިބޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މި ޓްރެއިނިންއަށް ފަހު މާލެއާއި އަތޮޅުތަކުގައި އޮފިޝަލުން ތަމްރީން ކުރުމަށް ހަރަކާތްތެރިވާންޖެހޭނެ ކަމަށްވެސް އިލެކްޝަންސް އިއުލާނުގައި ހާމަކުރައްވައިފައިވެއެވެ. މާލެއާއި އަތޮޅުތަކުގައި ހަރަކާތްތެރިވާއިރުވެސް މަތީގައި އެވާ ފަދައިން އުޖޫރަ ލިބިގެންދާނެއެވެ.

މިކަމަށް ޝައުގުވެރިވާ މީހުން އަންނަ ޖޫންމަހު 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން އިލެކްޝަނަށް އެޕްލިކޭޝަން ފޯމުހުށަހެޅުމަށް އީސީން ވަނީ އެދިވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.