ކިމްއާ ބަައްދަލުނުކުރައްވަން ޓްރަމްޕް ނިންމަވައިފި

އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ އުން އާއެކު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބައްދަލުކުރައްވަން ނިންމެވި ނިންމެވުން ބަދަލުކުރައްވައި، އެ ބައްދަލުވުން ނުބާއްވަވަން އެމެރިކާގެ ރައީސު ޓްރަމްޕް ނިންމަވައިފިއެވެ.

"މަނިކުފާނު ފަހަކަށް އައިސް ދެއްވާފައިވާ ބަޔާންތަކުން ފެނިގެން ދިޔަ ރުޅިވެރިކަމާއި، ދެކޮޅުވެރިމަކުގެ ސަބަބުން، ދިގުމުުއްދަތަކަށް ރާވައިގެން ހަމަ ޖެއްސި ބައްދަލަވުން މިވަގުތު ބޭއްވުން ރަނގަޅު ނޫންކަަމުގައި ހިތާމަޔާއެކު ދަންނަވަމެވެ." ޓްރަމްޕް ސޮއިކުރައްވައި ކިމް އަށް ފޮނުއްވި ސިޓީފުޅުގައި ވެއެވެ.

"ދުނިޔެއަށް ލިބޭ ދެރައަކަށް ވިޔަސްް ދެފަރާތުގެ ރަނގަޅަށްޓަަކައި، ސިންގަޕޫރުގައި ބާއްވަން އޮތް ބައްދަލުވުން ނުއޮންނާނެ" ޓްރަމްޕް އިތުރަށް ވިދާޅުވެފައި ވެއެވެ.

"މި ގެއްލުނު ފުރުސަތަކީ ހަގީގަތުގައިވެސް ތާރީޚުގެ ހިތާމަވެރި ދަނޑިވަޅެއް" ކަން ފާހަގަކުރައްވަމުން "ކޮންމެވެސް ދުވަހަކުން މަނިކުފާނާއި ބައްދަލުކުރުމުގެ އިންތިޒާރުގައި ހުރިން" ކަމުގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އުތުރު ކޮރެޔާގެ ޒައީމާ ބައްދަލުނުކުރައްވަން ނިންމެވިކަން އެންގެވުމާއެކު ރައީސު ޓްރަމްޕް ވަނީ ކޮރެޔާ ޕެނިންސިއުލާގައި ދިމާވެދާނެ ކޮންމެ ހާލަތަކަށް އެމެރިކާގެ އަސްކަރިއްޔާ ތައްޔާރަށް އޮތްކަމަށް ވިދާޅުވެފައެވެ.

ދިފާއީ ވަޒީރު ޖިމް މެޓިސްގެ އިތުރަށް ދެކުނު ކޮރެޔާއާއި ޖަޕާނުގެ ވެރިންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި، އެމެރިކާ ސިފައިންތިބީ 'ބޭނުން ޖެހިއްޖެނަމަ ތައްޔާރަށް' ކަންވެސް އެމެރިކާގެ ރައީސު ހާމަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ "އުތުރު ކޮރެޔާއިން ކޮށްފާނެ ކޮންމެ މޮޔަކަމަކަށް ޖަޕާނާއި ދެކުނު ކޮރެޔާ ތައްޔާރު ކަމަށާއި، އެ ފަދަ ކަމެއްގެ ސަބަބުން ހިނގާނެ ޚަރަަދުތައް އުފުލަން ވެސް އެ ދެގައުމު ތައްޔާރު" ކަމުގައެވެ.

ބައްދަލުވުން ނުބާއްވަވަން ނިންމެވިކަން ޓްރަމްޕް އިއުލާނު ކުުރެއްވުމާއެކު ދުނިޔޭގެ ސްޓޮކް މާކެޓް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.