ޑރ. މަޖީދަކީ އިސްލާހަށް މަސައްކަތް ކުރެއްވި އިލްމުވެރިއެއް: ރައީސް ނަޝީދު

ޑރ. އަބްދުލްމަޖީދު އަބްދުލްބާރީއަކީ އިސްލާހަށް މަސައްކަތް ކުރެއްވި އިލްމު ވެރިއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޑރ. މަޖީދަކީ ހައްގު ބަސް ވިދާޅުވާން ފަސްޖެހި ވަޑައިގެންނެވި ބޭފުޅެއް ނޫންކަމަށާއި އެމަނިކުފާނަކީ ގިޔާމަތުގެ ބިރުވެރިކަން ދެނެވަޑައިގެން ހުންނަވައިގެން އިރުޝާދު ދެއްވި ބޭފުޅެއް ކަމަށެވެ.

"ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީއަކީ ރާއްޖެ ދުށް ދީނީ އިލްމުވެރިންގެ ތެރެއިން އިސްލާހަށް މަސައްކަތް ކުރެއްވުމުގައި ފާހަގަ ކުރެވޭ އެއްބޭފުޅެއް. އަބަދުވެސް ހައްގު ބަސް ވިދާޅުވުމަށް ފަސްޖެހި ވަޑައިނުގަނެ ގިޔާމަތުގެ ބިރުވެރިކަން ދެނެވަޑައިގެނެ އިރުޝާދު ދެއްވި ބޭފުޅެއް،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ޑރ. މަޖީދު އަވާހާރަވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގެން ލަންކާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށްނެވެ. އެމަނިކުފާނުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ނަމާދަށް ފަހު ސްރީލަންކާގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.