ކިއުބާގެ ރައީސަށް ރައީސް ޔާމީންގެ ހަމްދަރުދީގެ މެސެޖެއް

ކިއުބާގެ ރައީސް މިގޭލް ޑިއޭޒް ކާނެލް އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަމްދަރުދީގެ މެސެޖެއް ފޮނުވައިފިއެވެ.

މިއީ އެގައުމުގެ ވެރިރަށް ހަވާނާގައި މަތިންދާބޯޓެއް ވެއްޓި 100 އަށް ގިނަ މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވުމުން ފޮނުއްވި މެސެޖެއް ކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިހާދިސާގެ ޚަބަރު އެއްސެވީ، ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެފައިވެއެވެ.

ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި މިހާދިސާގައި ނިޔާވި ފަރާތްތަކުގެ ޢާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށްވެސް ރައީސް ގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ މިހާދިސާގައި އަނިޔާވި ފަރާތްތަކަށް ޙަމްދަރުދީ ފޮނުއްވައި، އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.