އެތުލެޓިކޯ މެޑްރިޑުން ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފި

މާސޭ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފިއެވެ. ރޭ ފްރާންސްގެ ޕާކް އޮލިމްޕީކޭ ލިޔްނައިސް ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެތިލެޓިކޯ މެޑްރިޑް ކާމިޔާބުކުރީ 3-0 އިންނެވެ.

މިމެޗުގައި ދެ ލަނޑު ޖަހައިދީފައިވަނީ އެންޓޯނިއީ ގްރީޒް މަން އެވެ. ފުރަތަމަ ލަނޑު އޭނާޖެހީ 21 ވަނަ މިނިޓުގައެވެ ދެވަނަ ލަނޑު ޖެހީ 49 ވަނަ މިނިޓުގައެވެ.
މިދެގޯލާ އެކު އެތުލެޓިކޯއިން ލީޑު ނަގައި އދި އެ ލީޑު ފުޅާކުރި އިރުވެސް މާސޭ އިންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ނަމަވެސް އެޓީމުގެ އެންމެ މުހިންމު މިޑްފީލްޑަރު ޑިމިޓްރީ ޕަޔެޓަށް ލިބުނު އަނީޔާއެއްގެ ސަބަބުން އޭނާ ބަދަލު ކުރަން ޖެހުމަކީ މާސޭއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހީނަރު ކަމަކަށް ވިއެވެ.

މެޗުގެ ދެވަނަހާފުގައި އެތުލެޓިކޯއިން ވަނީ މެޗުގެ ކޮންޓްރޯލް އެއްކޮށް ނަގައިގެން މޮޅަށް ކުޅެފައެވެ. ނަތީޖާއަކީ އެޓީމުގެ ތިންވަނަ ލަނޑު ޖެހުމެވެ. އެ ލަނޑު ޖަހައިދީފައިވަނީ މެޗުގެ 89 ވަނަ މިނަޓުގައި އެޓީމުގެ ކެޕްޓަން ގަބީ އެވެ.

މިމެޗުގައި އެތުލެޓީކޯގެ ގްރީޒްމަން ޖަހާފައިވާ ދެގޯލާ އެކު މިސީޒަނުގައި މިހާތަނަށް އޭނާވަނީ 29 ގޯލު ޖަހައިފައެވެ.

މިއީ 2010ވަނަ އަހަރާއި 2012 ވަނަ އަހަރަށް ފަހު އެތްލެޓިކޯ މެޑްރިޑްއިން ޔޫރޮޕާ ލީގު ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.