ސެލްޓަ ވީގޯ އާއި ކުޅެ ރީއާލްމެޑްރިޑްއަށް ބޮޑު މޮޅެއް.

ރޭ ރެއާލްމެޑްރިޑް އާއި ސެލްޓަ ވީގޯ ބައްދައްދަލު ކުރި މެޗުން 0-6 ގެ ބޮޑު ތަފާތަކުން ރެއާލް މެޑްރިޑް މޮޅު ވެއްޖެއެވެ.

ސެންޓިއާގޯ ބާނެބޭ ސްޓޭޑިއަމް ގައި ޜޭ ކުރިޔަށް ދިޔަ ލަލީގާގެ މި މެޗްގެ ފުރަތަމަ ދެގޯލު ވެސް މެޗު ފެށިގެން 13 ވަނަ މިނިޓުގައި އަދި 30 ވަނަ މިނިޓުގައި ޖަހާފައި ވަނީ ރެއާލްމެޑްރިޑްގެ ގެރެތް ބޭލް އެވެ.

 ބޭލްގެ ދެ ގޯލަށް ފަހު 32 ދެވަނަ މިިނިޓުގައި ރެއާލްމެޑްރިޑްގެ އިސްކޯ ވަނީ މެޗުގެ 3 ވަނަ ގޯލު ޖަހާފައެވެ.

މީގެ އިތުރުން ހަމަ އެޓީމުގެ އަޝްރަފް ހަކިމީ އަދި ޓޯނީ ކަރޫސް ވެސް ގޯލު ޖަހައިފައި ވާއިރު، ސެލްޓަ ވީގޯ އަށް ޖެހުނު ހަމައެކަނި ގޯލު ވެސް ޖަހިއިފައި ވަނީ އެޓީމުގެ ސާޖީގޮމޭޒްގެ އަތުން ބައި ކޮޅަށެވެ.

 މި ކާމިޔާބީ އާއި އެކު ރެޔާލްމެޑްރިޑް އޮތީ 75 ޕޮއިންޓާއި އެކު ލަލީގާގެ ތިންވަނައިގައެވެ. އަދި ދެވަނައިގައި 78 ޕޮއިންޓާއި އެކު އެތްލެޓިކޯ މެޑްރިޑް އޮތް އިރު އެއްވަނައި ގައި 90 ޕޮއިންޓާއި އެކު އޮތީ ބާސެލޯނާ އެވެ.

 މި ލީގުގައި ރެއާލް މެޑްރިޑް އަމިއްލަ ސްޓޭޑިއަމް ގައި ކުޅުނު އެންމެ ފަހު މެޗަށް މިމެޗު ވާއިރު ރެޔާލް އަށް އަދިވެސް ލީގުގައި ގޯލުގެ ތަފާތުން ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ މިއަންނަ ހަފްތާގައި ވިލަރެއާލް ޢައި ބައްދަލު ކުރާ މެޗުން މޮޅުވެއްޖެނަމަ އެވެ،

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.