އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ޝަކީލް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮމެންޓުގެ ސްޓޭޓު މިނިސްޓަރަކަށް މ. ވޭވަށް ބުލްބުލާގޭ މުހައްމަދު ޝަކީލް އައްޔަން ކުރައްވައިފިއެވެ.

ރައީސް ޔާމީން، ޝަކީލް އެމަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށެވެ. ސްޓޭޓު މިނިސްޓަރަކަށް އޭނާ އައްޔަން ކުރެއްވި މިއަދުއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އޭނާ އައްޔަން ކުރައްވާފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު ތިންވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް ކުރިން ހުންނެވި ސުލައިމާނުވެސް ވަރަށް ފަހުން ވަނީ އިސްތިއުފާ ދެއްވަފައެވެ. މިހާރު އޭނާ ހުންނެވީ ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ.

ސުލައިމާނަށްފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސަކަށް އައްޔަން ކުރައްވައިފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.