ސަރުކާރަށް 4 އަހަރު، އަލަށް ކައިވެނިކުރާ މީހުންނަށް ފުލެޓެއް ނުދޭ: އަމީތު

އަލަށް ކައިވެނިކުރާ ޒުވާނުންނަށް ފުލެޓް ދިނުމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ވައުދެއް ކަމަށާއި އެހެންނަމަވެސް ސަރުކާރަށް 4 އަހަރު ފުރުނުއިރުވެސް އެވައުދު ނުފުއްދަވާ ކަމަށް މަޑުއްވަރީދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެފަދަ ވައުދެއް ކުރައްވާފައި ވަނިކޮށް މިއަދު ފޯމް ދޫކުރައްވަން ފެއްޓެވީ "ވުޖޫދުގައި ނުވެސްނެތް ފުލެޓުތަކަށް" ކަމަށެވެ.

ހައުސިން މިނިސްޓްރީން މިއަދުވަނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 7000 ފުލެޓަށް އެދޭ ފޯމު ދޫކުރަން ފަށައިފައެވެ. މިއަދޫ ފޯމު ދޫކުރަން ފެށުމުން އެއްގަޑި އިރު ތެރޭގައި ވަނީ 15000 ފޯމު ދޫކުރެވިފައި ކަމަށް ހައުސިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިއަދު ފޯމު ދޫކުރުމަށް ހުޅުވައިލައިފައިވަނީ ޖުމްލަ 17 ކެޓަގަރީއަކަށެވެ. މިއަދުން ފެށިގެން މިމަހުގެ 31 އާ ހަމައަށް ފޯމު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. ފޯމް ބަލައި ގަތުމަށް ހަމަޖެހިފައިވަނީ ޖޫން 3 އިން ޖުލައި 31 ގެ ނިޔަލަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.