މާމިގިލީ އިންޓަރނޭޝަނަލް ޕޯޓު ހުޅުވައިދެއްވައިފި

ސަރުކާރުން އދ. މާމިގިލީގައި ގާއިމްކޮށްދެއްވި އިންޓަރނޭޝަނަލް ޕޯޓު ހުޅުވައި ދެއްވައި ބަނދަރުގެ މަސައްކަތްތައް ރަސްމީކޮށް ފަށައިފިއެވެ.
މާމިގިލީ އިންޓަރނޭޝަނަލް ޕޯޓު ހުޅުވައިދެއްވައި މަސައްކަތްތައް ރަސްމީކޮށް ފަށްޓަވައި ދެއްވީ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ މުހައްމަދު ސައީދެވެ.

މޯލްޑިވްސް ޕޯޓުސް ލިމިޓެޑުން ހިންގާ ގޮތަށް ހަމަޖައްސަވާފައިވާ މި ބަދަރަށް އެންމެ ފުރަތަމަ ގާތްކުރި ބޯޓަކީ ބޮންތި 2 ނަމަކަށްކިޔާ ބޯޓެކެވެ. މާމިގިލީ ރައްޔިތުން ވަނީ އެބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން ފަރިވަޅެއްވެސް ދީފައެވެ.

ޕޯޓު މިއަދު ހުޅުވިޔަސް އަދިވެސް އެތަން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެމްޕީއެލްއިން ވިދާޅުވެފައިވެއެވެ. ބައިނަލްއަގުވާމީ ބަނދަރަލުން ލިބެންވާ ގިނަ ޚިދުމަތްތައް މިހާރުވެސް އެތަނުން ލިބޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

މި ޕޯޓު ނުވަތަ ބަނދަރަކީ 1300 މީޓަރުގެ ސަރަހައްދެކެވެ. އެތަނުން އިންޓަރނޭޝަނަލް ޕޯޓުގެ ގޮތުގައި މިހާރު ބޭނުންކުރަނީ 600 މީޓަރެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.