
އެހެން މީހެއްގެ ކޭޝް ކާޑަކުން ވަގަށް ފައިސާ ނަގައިގެން އުޅޭ އަންހެނަކު ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހޯދަމުންދާ އަންހެން މީހާއަކީ ތ. ގާދިއްފުށީ، ޖަވާހިރުމާގޭ ތަމީނާ އިބްރާހިމް (24 އަހަރު) ކަމަށެވެ. އޭނާ ވަގަށް ފައިސާ ނަގާފައި ވަނީ ކޮން ތަނަކުންކަން އަދި ނެގީ ކިހާ ފައިސާއެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މި މައްސަލަ ބަލަމުން ދަނީ އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުންނެވެ.
ފުލުހުން ބުނީ ހޯދަމުން އަންނަ އަންހެން މީހާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ 9791394 ނަންބަރު ފޯނަށް ގުޅައި އެ މައުލޫމާތު ޙިއްސާ ކުރަން އެދޭ ކަމަށެވެ.