
މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ސ. އަތޮޅު ޓޯނަމެންޓުގައި މަރަދުއާއި ހިތަދޫ އިއްޔެ ބައްދަލުކުރި މެޗު 3-1 ލަނޑުން ހިތަދޫ ކާމިޔާބު ކޮށްފިއެވެ.
އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގެ ފުރަތަމަ ތިން ލަނޑުވެސް ޖެހީ ހިތާދޫންއިންނެވެ.
މިމެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދީ ލީޑުނެގީ ޖާޒީ ނަމްބަރ 30 މުހައްމަދު ރަޝީދެވެ. ދެވަނަ ލަނޑުޖެހީ ޖާޒީ ނަންބަރ 7 ހަސަން މިފްރާހެވެ. އޭނާ އެލަނޑުޖެހީ މެޗުގެ 52 ވަނަ މިނިޓުގައެވެ. ތިންވަނަ ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި ޖަހައިދިނީ ޖާޒީ ނަންބަރ 17 މުހައްމަދު ސައީދެވެ. މަރަދޫ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރ 8 ހަސަން އަތީފެއެވެ. އޭނާ މިލަނޑުޖެހީ މެޗުގެ 72 ވަނަ މިނިޓުގައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތަދޫ ޓީމުގެ މުހައްމަދު ސައީދެވެ.