ޅ.އަތޮޅުގެ ފަޅުރަށުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފިއެވެ.
ދިގު މިނުގައި 5 ފޫޓް ހުރި މި ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ.އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށްދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރުއެވެ. ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި ޅ.ނައިފަރަށް ގެންގޮސްފައެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު 10:51 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި ނައިފަރަށް ގޮސް، އެ ކިނބޫ ވަނީ ޅ.މާފިލާފުއްޓަށް ގެނެސްފައެވެ.

