އޮބްޒަރވަރުންނާއި މޮނިޓަރުންނަށް ވުމުގެ ފުރުޞަތު ހުޅުވާލައިފި

އެޕްރީލް 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒަރވްކޮށް މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް 2026 އެޕްރީލް 12 ވާ އާދީއްތަ ދުވަހުން ފެށިގެން، 2026 އެޕްރީލް 16 ބުރާސްފަތި ދުވަހުގެ 15:00 ގެ ނިޔަލަށް  އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިންތިޚާބުގެ އިތުރު ބުރުގައި އޮބްޒަރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދޭ ފަރާތްތަކުގެ ފޯމު މި ކޮމިޝަނަށް ހުށަހަޅާނީ މައި ޕޯޓަލް my.elections.gov.mv މެދުވެރިކޮށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ފުރަތަމަ ބުރުގައި އޮބްޒަރވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް މި ކޮމިޝަނުން ފާސްދޫކޮށްފައިވާ ފަރާތްތަކުން، މި އިންތިޚާބުގެ އިތުރު ބުރުގައި އޮބްޒަރވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ހުށަހަޅަން ނުޖެހޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.